English Edition
Dhivehi Edition

ފޭސްބުކް ކުންފުނިން ފޭސްބުކްގެ ނިއުސް ފީޑަށް ބޮޑެތި ބަދަލުތަކެއް ގެންނަން ނިންމާފައިވާކަމަށް ފޭސްބުކްގެ ފައުންޑަރ އަދި ސީއީއޯ މާކް ޒަކަބާގް ވިދާޅުވެއްޖެއެވެ

ދުނިޔޭގެ އެންމެ މަގްބޫލު އަދި އެންމެ ގިނަ ބަޔަކު ބޭނުންކުރަމުންދާ ފޭސްބުކްެގެ ނިއުސްފީޑަށް އަންނަ ހަފްތާ އިން ފެށިގެން އެ ބަދަލުތައް ފެނިގެންދާނެކަމަށް ޒަކަބާގް ވަނީ ހާމަކޮށްފައެވެ. ފޭސްބުކްގެ މައިގަނޑު ބޭނުންތަކާއި ބެހޭ ގޮތުން ވާހަކަދައްކަމުން ޒަކަރބާގް ވިދާޅުވީ މިއަހަރު އެންމެ ބޮޑު އިސްކަމެއް ދޭނީ ފޭސްބުކްގައި މީހުން ހޭދަކުރާ ވަގުތުތަކަކީ ރަނގަޅު ގޮތުގައި ހޭދަކުރެވޭ ވަގުތުތަކަށް ހެދުންކަމުގައެވެ

އަލަށް ފޭސްބުކްގެ ނިއުސް ފީޑަށް ގެންނަން ނިންމާފައިވާ ބަދަލުތަކުގެ މާ ބޮޑު ތަފްސީލެއް އަދި ހިއްސާކޮށްފައި ނެތްނަމަވެސް ފޭސްބުކް ކުންފުނިންް ބުނެފައިވަނީ އާ ބަދަލުތަކާއެކު ނިއުސްފީޑުން ފެނިގެންދާނީ ފްރެންޑު ލިސްޓުގައި ހިމެނޭ ފަރާތްތަކުން ކުރާ ޕޯސްޓުތައްކަމަށާއި ވިޔަފާރިއާއި ގުޅުންހުރި އަދި އެފަދަ އެހެން ޕޯސްޓުތައް ވަރަށް ބޮޑަށް މަދުވެގެންދާނެކަމަށެވެ

ޓެގު