English Edition
Dhivehi Edition

އުރީދޫގެ އަމާޒާއި އެއްގޮތަށް ރާއްޖޭގައި ދިރިއުޅޭ ފަރާތްތައް ގުޅުވާލަދީ، ޑިޖިޓަލް މުޖުތަމައުއެއް ގާއިމްކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އުރީދޫ މޯލްޑިވްސް އާއި ފޭސްބުކްގެ ޕާރޓްނާޝިޕްގެ ދަށުން ހިލޭ ބޭނުންކުރެވޭ ފޭސްބުކް ވަރޝަން، “ފޭސްބުކް ފްލެކްސް” މިއަދު ވަނީ ރާއްޖެއަށް ތައާރަފްކޮށްފައެވެ.

ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ މަގުބޫލު ސޯޝަލް ނެޓްވޯރކިންގް ވެބްސައިޓް ކަމަށްވާ ފޭސްބުކް އާއި ގުޅިގެން އުރީދޫ ކަސްޓަމަރުންނަށް މި ޚިދުމަތް ތައާރަފް ކުރެވިފައިވަނީ އެކަކު އަނެކަކާ މުއާމަލާތްކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މުހިންމު ހަބަރުތަކާ ހުރިހާ ކަސްޓަމަރުންވެސް ގުޅުވާލަދިނުމުގެ ގޮތުން ކަމަށް އެ ކުންފުނިން ބުނެއެވެ.

އުރީދޫ މޯބައިލް ޑޭޓާގެ ޚިދުމަތް ބޭނުންކުރައްވާ ކޮންމެ ފަރާތަކަށްވެސް، ހިލޭ ބޭނުންކުރެވޭ ފޭސްބުކް އަދި ފޭސްބުކް މެސެންޖާ ގެ “ފްރީ މޯޑް” ބަޓަންއަށް ފިތާލުމުން ހިލޭ ބޭނުންކުރެވޭނެއެވެ. މޯބައިލް ފޯނު ގެންގުޅުއްވާ ހުރިހާ ކަސްޓަމަރުންނަށް free.facebook.com މެދުވެރިކޮށް މިޚިދުމަތް ބޭނުންކުރެވޭއިރު، އެންޑްރޮއިޑް ފޯނު ބޭނުންކުރައްވާ ފަރާތްތަކަށް ފޭސްބުކް އަދި ފޭސްބުކް މެސެންޖަރ އެޕްލިކޭޝަން މެދުވެރިކޮށް ފޭސްބުކްގެ ހިލޭ ވަރޝަން ބޭނުންކުރެވޭނެއެވެ. ފޭސްބުކް ފްލެކްސް ގެ ޚިދުމަތާއިއެކު އާދައިގެ މޯބައިލް ފޯން ބޭނުންކުރާ ކަސްޓަމަރުންނަށްވެސް ފޭސްބުކް އަދި ފޭސްބުކް މެސެންޖަރ ގެ ބޭސިކް ޚިދުމަތް ފޯނު މެދުވެރިކޮށް ހިލޭ ބޭނުންކުރުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ.

“އަޅުގަނޑުމެން އެންމެންވެސް އިޖުތިމާއީ ގައިދުރުކަން ބަހައްޓާ، ގާތް މީހުންނާ ދުރުގައި ތިބެ، ކުރިމަތިލަމުން މިދަނީ ހީވެސްނުކުރާފަދަ ތަފާތު ދުވަސްތަކަކާ. މިފަދަ ނާޒުކު ދަނޑިވަޅެއްގައި އުރީދޫއިން އެންމެ އިސްކަމެއް ދީގެން މަސައްކަތް ކުރަމުން މިދަނީ މެދު ކެނޑުމެއްނެތި އިންޓަނެޓްގެ ޚިދުމަތް ކަސްޓަމަރުންނަށް ފޯރުކޮށްދީ، އާއިލާ އާއި ރައްޓެހިންނާއި ދެމެދު އޮންނަ ގުޅުން ޑިޖިޓަލްކޮށް ބަދަހި ކުރުމުގެ މަގުފަހިކޮށް، ދުނިޔޭގެ އެކިކަންކޮޅުތަކުގެ މުހިންމު ހަބަރުތަކާ ގުޅުވާލަދިނުމަށް. ފޭސްބުކް ފްލެކްސްގެ ޚިދުމަތާއިއެކު، ޑޭޓާ ބޭނުންކުރާވަރު އިތުރަށް ކޮންޓްރޯލް ކުރުމުގެ މަގުފަހިވެ، ޑޭޓާ ބެލެންސް ނެތިވެސް ފޭސްބުކް އަދި ފޭސްބުކް މެސެންޖަރގެ ބޭސިކް ޚިދުމަތްތައް ބޭނުންކުރެވޭނެ.” އުރީދޫ މޯލްޑިވްސް އެކްޓިން ޗީފް ކޮމަރޝަލް އޮފިސަރ، ހުސެން ނިޔާޒް ވިދާޅުވިއެވެ.

އުރީދޫ ކަސްޓަމަރުންނަށް ފޭސްބުކްގެ ފްރީ ވަރޝަން، “ފޭސްބުކް ފްލެކްސް” މެދުވެރިކޮށް ޕޯސްޓްކޮށް، ޕޯސްޓްތަކަށް ލައިކްކޮށް، ކޮމެންޓްކޮށް އަދި ޓެކްސްޓް ބޭސްޑް ކޮންޓެންޓް މިހާރު ބްރައުޒް ކުރެވޭނެއެވެ. މީގެ އިތުރުން ފޭސްބުކް މެސެންޖަރ މެދުވެރިކޮށް ރައްޓެހިންނާއި އާއިލާގެ ހާލު އަހުވާލު ބަލާލާ މުޅިން ހިލޭ ޗެޓް ކޮށްލެވޭނެއެވެ. ފޮޓޯ އަދި ވީޑިއޯ ހިމެނޭ ޕޯސްޓްތައް ބަލާލުމަށް، ބޭނުންވާ ޕޯސްޓްއަށް ފިތާލުމުން ޑޭޓާއަށް ޗާރޖް ކުރެވޭނެ ކަމުގެ މެސެޖެއް ޕޮޕްވާނެ އެވެ. USE DATA’ ‘ އަށް ފިތާލުމުން ފޭސްބުކް ގެ ފުލް ވަރޝަން އަށް ބަދަލުވެގެންދާނެއެވެ. ފޭސްބުކް ފްލެކްސްއިން ފުލް ވަރޝަން އަށް ބަދަލުކޮށްލުމުން، ގެންގުޅުއްވާ ޑޭޓާ ޕްލޭން ނުވަތަ ސޯޝަލް މީޑިއާޕްލޭންއިން އާދައިގެ މަތިން ޑޭޓާއަށް ޗާރޖް ކުރެވިގެންދާނެއެވެ.