English Edition
Dhivehi Edition

ފިތުރު ޢީދާއި ގުޅިގެން އަންނަ ހަފުތާ ވެސް ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖައްސަވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ރައީސް އޮފީހުން ވިިދާޅުވީ، މި އަހަރުގެ ފިޠުރު ޢީދު ދުވަހަކީ މިހާރު ކަލަންޑަރުގައިވާ ގޮތުގެމަތީން، މި މާރިޗު މަހުގެ 31 ވާ ހޯމަ ދުވަސް ކަމަށް، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކަނޑައަޅުއްވައި އިޢުލާނު ކުރައްވައިފިނަމަ، ފިޠުރު ޢީދުގެ ބަންދު ތިން ދުވަސް ކަމުގައިވާ، މާރިޗު 31، އެޕްރީލް 1، އަދި 2 އާއެކު، އެޕްރީލް 3 ވާ ބުރާސްފަތި ދުވަހަކީ ވެސް ސަރުކާރު ބަންދު ދުވަހެއް ކަމުގައި ރައީސް ކަނޑައަޅުއްްވާފައިވާ ކަމަށެވެ.

އެ މަނިކުފާނު ވަނީ މިދިޔަ އަހަރާއި މި އަހަރު ވެސް ރޯދަމަހުގެ ފަހު 10 ވެސް ސަރުކާރު ބަންދުކުރައްވައިފައެވެ.

އެހެންވެ، މި އަހަރު ރޯދަމަހުގެ ފަހު 10 އާ އެކު ސަރުކާރު މުވައްޒަފުންނަށް ބޮޑު ބަންދެއް ލިބެއެވެ. އެހެންވެ، ސަރުކާރު މުވައްޒަފުންނަށް މި މަހު 20 ވަނަ ދުވަހުން ފެށިގެން އަންނަ މަހު ހަވަނަ ދުވަހުގެ ނިޔަލަށް ބަންދުވާނެއެވެ.

މި މަހު 20 ވަނަ ދުވަހު ފަހު 10 އަށް ބަންދުވާ ގޮތަށް ސަރުކާރު އޮފީސްތައް ދެން ހުޅުވޭނީ އަންނަ މަހު ހައެއްގައެވެ.

ރައީސް އެގޮތަށް ހަމަޖެއްސެވީ، ފިޠުރު ޢީދުގެ ބަންދާ ގުޅިގެން، ޢާއިލާއާއެކު ވީހާ ވެސް ގިނަދުވަސްތަކެއް އެކުގައި ހޭދަކުރުމަށް ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން، މެދުނުކެނޑޭގޮތަށް ބަންދު ދުވަސްތައް މުވައްޒަފުންނަށް ލިބޭގޮތަށް ހަމަޖައްސަވައި ދެއްވުމުގެ މަޤްޞަދުގައި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.