English Edition
Dhivehi Edition
އާރްޓީއެލް ގެ މުވައްޒަފުންނަށް މައުލޫމާތު ދިނުމުގެ ތެރެއިން/ފޮޓޯ: ޕޮލިސް

ރާއްޖޭ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގައި ހިލޭ ދަތުރުކުރެވޭނެ ކަމަށް ބުނެ ސްކޭމެއް ހިންގާތީ އެކަމަށް ސަމާލުވުމަށް އެމްޓީސީސީއިން އެދިއްޖެއެވެ.

އެމްޓީސީސީއިން ބުނީ އެ ކުންފުނީގެ ދަށުން ހިންގަމުންދާ ރާއްޖެ ޓްރާންސްޕޯޓް ލިންކުގެ ނަމުގައި ސްކޭމެއް ހިންގަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން އާރްޓީއެލް މެދުވެރިކޮށް 3 މަސް ވަންދެން ހިލޭ ދަތުރުކުރުމަށް މަގުފަހިކޮށްދޭނެ ކަމަށް ބުނާ “ސްމާޓް ކާޑެއް” ވިއްކުމުގެ މަސަކަތް “މޯލްޑިވްސް ޕަބްލިކް ޓްރާންސްޕޯޓް” ނަމުގައި ހިންގާ ފޭސްބުކް ޕޭޖަކުން ކުރަމުންދާ ކަމަށް އެމްޓީސީއިން ވަނީ ބުނެފައެވެ. އަދި އެ ޕޭޖްގައި ހިންގަމުންދާ އެއްވެސް ހަރަކާތަކީ އެމްޓީސީސީ ނުވަތަ ރާއްޖެ ޓްރާންސްޕޯޓް ލިންކާއި އެއްވެސް ގުޅުމެއް ނެތް ހަރަކާތްތަކެއް ކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެ.

އެމްޓީސީސީން ބުނީ އެ ކުންފުނީގެ ފަރާތުން އާ ހިދުމަތެއް ނުވަތަ ޕްރޮޑަކްޓެއް ތައާރަފްކުރާނަމަ އެކަމެއް ރަސްމީކޮށް ފެށުމުގެ ކުރިން، ކުންފުނީގެ އޮފިޝަލް ސޯޝަލް މީޑިއާ އަދި އެހެނިހެން މީޑިއާ ޗެނަލްތަކުން އެކަމުގެ މައުލޫމާތު ހިއްސާކުރާނެ ކަމަށެވެ.

އެމްޓީސީސީއަށް ރައްޔިތުން ކުރާ އިތުބާރުގެ ބޭނުން ނަހަަމަގޮތުގައި ހިފައި ނުހައްގުން ފައިސާ ހޯދުމަށް ކުރާ މިފަދަ ނާތަހުސީބު އަމަލުތައް އެ ކުންފުނިން ވަނީ ކުށްވެރިކޮށްފައެވެ.