English Edition
Dhivehi Edition

ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފުރަތަމަ ވައިޑް ބޮޑީ އެއާކްރާފްޓް، އޭ330 މަތިންދާބޯޓުގައި ކޮޗިން އާއި ޓްރިވަންޑްރަމަށް ދަތުރުތައް ފަށައިފިއެވެ.

ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓަށް އޭ 330 މަތިންދާބޯޓުގެ ފުރަތަމަ ފްލައިޓު ޖެއްސީ އިއްޔެ މެންދުރު ފަހުގައެވެ. ކޮޗިންއާއި ޓްރެވެންޑްރަމަކީ ބޭސްފަރުވާގެ ޚިދުމަތް ހޯދުމަށް ގިނަ އަދަދެއްގެ ދިވެހިން ގޮސް އުޅޭ ސިޓީތަކެކެވެ. މީގެ ކުރިން ކޮޗިންއާއި ޓްރިވަންޑްރަމަށް ދަތުރުކުރަނީ މޯލްޑިވިއަންގެ އޭޓީއާރު 72 މަރުކާގެ ބޯޓާއި އެއަރބަސް އޭ320 މަރުކާގެ ބޯޓުގައެވެ.

ވައިޑް ބޮޑީގެ މިދަތުރުތައް ކޮޗިނާއި ޓްރިވެންޑްރަމަށް ކޮށްފައިވަނީ މި ދުވަސްވަރަކީ ޗުއްޓީ ދުވައްސްވަރަކަށް ވުމުން ޑިމާންޑް ބޮޑުވުމުންކަމަށް މޯލްޑިވިއަނުން ވިދާޅުވެއެވެ. މޯލްޑިވިއަނުން ވިދާޅުވީ، ކުރިއަށް އޮތްތަނުގައިވެސް ދަތުރުކުރާ މީހުންގެ އަދަދު އިތުރުވާނަމަ އޭ 330 ގައި މީހުން އުފުލާނެކަމަށެވެ.

އެއާބަސް އޭ330 ބޯޓުން 260 މީހުން އުފުލެ އެވެ. ބިޒްނަސް، ޕްރިމިއަމް އިކޮނޮމީ އަދި އިކޮނޮމީ ކްލާހަށް ވެސް ހާއްސަ ކޮށްފައިވާ އެ ބޯޓުން ދުރުރާސްތާގެ ދަތުރުތައް ކުރެވޭއިރު ދަތުރުުކުރާ ކޮންމެ ފަސިންޖަރަކަށް ވެސް 40 ކިލޯގެ ބެގޭޖު އުފުލޭނެ އެވެ.

މޯލްޑިވިއަނަށް މިދިޔަ ޖެނުއަރީ މަހުގެ ގެނައި 264 މީހުންގެ ޖާގައިގެ ވައިޑް-ބޮޑީ މަތިންދާބޯޓާއެކު އެ އެއަރލައިންގެ ސީދާ ދަތުރުތައް ޗައިނާގެ 3 މަންޒިލަކަށް ވަނީ ފަށާފައެވެ. މީގެ އިތުރުން ޔޫރަޕްގެ ޤައުމުތަކަށް ދަތުރުތައް ފެށުމަށްޓަކައި ވައިޑް ބޮޑީގެ އިތުރު ބޯޓެއް ހޯދުމުގެ މަސައްކަތްވެސް ޤައުމީ އެއަރލައިނުން ދަނީ ކުރަމުންނެވެ.