ސިއްޙީ ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ގޮތުގެ ދެ ގައިޑލައިން ނެރެފިއެވެ.
ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި ދެ ގައިޑްލައިން ހެލްތު މިނިސްޓަރ އަބުދުﷲ ނާޒިމް އަދި ދުނިޔޭގެ ޞިއްހަތު ޖަމިއްޔާގެ ރެޕްރެޒެންޓޭޓިވް މިސް. ޕޭޑެން އެވެ. މި ދެ ގަޢިޑްލައިނަކީ އިމަރޖެންސީ މެޑިކަލް ސަރވިސަސް ޕްރޮޓޮކޯލް އަދި މާސް ކެޝުއަލްޓީ މެނޭޖްމަންޓް ގައިޑްލައިނެވެ.
ހެލްތް މިނިސްޓްރީން ބުނީ މި ގައިޑް ލައިންގައި ރާއްޖޭގައި ކުއްލި ހާލަތުގައި ފަރުވާދޭންޖެހޭ އިމަރޖެންސީ ހާލަތެއް އަތުވެއްޖެނަމަ އަމަލުކުރާނެ ގޮތުގެ ފުރިހަމަ މައުލުމާތު ހިމެނޭނެ ކަމަށެވެ. އޭގެ ތެރޭގައި ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކާއި ޞިއްޙީ ހިދުމަތެރިން އަމަކުރާނެ ގޮތުގެ މައުލޫމާތު ހިމެނޭނެކަމަށް މިނިސްޓްރީންވަނީ ބުނެފައެވެ.
މި ގައިޑްލައިން ނެރެދެއްވުމަށް ފަހު މިނިސްޓަރު ވިދާޅުވީ ޞިއްޙީ ދާއިރާ ހަރުދަނާ ކުރުމަށް ނިޒާމުތައް ހަރުދަނާނުކޮށް ރަނގަޅު ނަތީޖާއެއް ނުހޯދޭނެ ކަމަށާއި ހަރުދަނާ ނިޒާމެއް ޤާއިމްވެފައިވާނަމަ ކުރަން ޖެހޭ ޚަރަދު ކުޑަވެ، ރައްޔިތުންނަށް ބޭނުންވާ ފައިދާ ހޯދައި ދެވޭނެކަމަށެވެ.
އެެމް.ސީ.އެމް ގައިޑްލައިން:
ދިވެހިރާއްޖެއަކީ ގުދުރަތީ ކާރިސާތަކަށް ހުށަހެޅިފައިވާ ގައުމެކެވެ. މިކަން 2004 ވަނަ އަހަރުގެ ސުނާމީގައި ފެނިގެން ދިޔައެވެ. އަދި އިންޑަސްޓްރިއަލައިޒޭޝަން އިތުރުވަމުން ދިއުމާއިއެކު، މިކަމާއި ގުޅުންހުރި ކާރިސާތަކަށް ހުށައެޅޭ މިންވަރު އިތުރުވަމުންދެއެވެ. އެހެންކަމުން މިކަމަށް ތައްޔާރުވެފައި ތިބުމަކީ މުހިއްމުކަމެކެވެ.
ސިއްހަތަށް ކުރާ އަސަރުތައް ބެލެހެއްޓުމަށްޓަކައި ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ޕްލޭން (އެންއީއޯޕީ) އަދި ހެލްތު އިމަރޖެންސީ އޮޕަރޭޝަނަލް ޕްލޭން (އެޗްއީއޯޕީ) ތަޢާރަފުކުރުވިފައިވީ ނަމަވެސް، މާސް ކެޝުއަލްޓީ އިންސިޑެންޓް (އެމްސީއައި) ތަކަށް ރޭވިފައިވާ ޕްލޭނެއް ނެތެވެ. މި ގައިޑްލައިން އިން އެމް. ސީ. އައި ތަކަށް ޚިދުމަތް ދިނުމަށް ފުރިހަމަ ޢަމަލީ ޕްލޭނެއް ޤާއިމުކުރެވިގެންދާނެއެވެ. އަދި ގައިޑްލައިންތައް ތަންފީޒުކުރުމުން އަޅުގަނޑުމެންގެ އިޖާބަ ރަނގަޅުވެ، ފުރާނަތައް ސަލާމަތްކުރެވި، އަދި ގެއްލުން ކުޑަކުރެވޭނެއެވެ.