English Edition
Dhivehi Edition

ފުވައްމުލަކުގައި ހުންނަ ޔޫރޯ ސްޓޯގެ ގުދަނަކުން ގިނަ އަދަދެއްގެ ސިނގިރޭޓު ކޭސްތަކެއް ވަގަށް ނެގި މައްސަލައެއް ބަލަން ފަށައިފި ކަަމަށް ފުލުހުން މިރޭ ބުނެފިއެވެ.

މީޑިއާއަށް މައުލޫމާތު ދެއްވަމުން ފުލުހުން ބުނީ، ޔޫރޯގެ ގުދަނަކުން 130 އަށް ވުރެ ގިނަ ސިނގިރޭޓު ކާޓަން ވަގަށް ނެގި މައްސަލައެއްގެ ރިޕޯޓް ލިބުމާ ގުޅިގެން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށާއި ނަމަވެސް އަދި އެ މައްސަލާގައި މީހަކު ހައްޔަރު ނުކުރާ ކަމަށެވެ.

ދުންފަތުގެ ބާވަތްތަކުން ނަގާ ޓެކްސް މިދިޔަ ޑިސެމްބަރު މަހުން ފެށިގެން ބޮޑުކޮށްފައިވާ އިރު ސިނގިރެޓް ފޮއްޓެއްގެ އަގު މިހާރު ވަނީ 250އިން މައްޗަށް އަރައިފަ އެވެ.

މި ގާނޫނަށް އަމަލުކުރަން ފެށިފަހުން ސިނގިރޭޓު ވަގަށް ނެގުމުގެ މައްސަލަތައްއަންނަނީ އިތުރު ވަމުންނެވެ. ދާދި ފަހުން ވަނީ މާލޭގެ ދެ ބޮންޑެޑްވެއާ ހައުސް އަކުން ވެސް ގިނަ އަދަދެއްގެ ސިނގިރޭޓު ވަނީ ގެއްލިފަ އެވެ. އެ މައްސަލަ ވެސް ކަސްޓަމްސް އާއި ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެެވެ.