English Edition
Dhivehi Edition
ފޮޓޯ: ފުލުހުން

ބ. އަތޮޅުގެ ފަޅު ރަށަަކުން މަސްތުވާތަކެއްޗާއި ބަނގުރަލާއެކު އަންހެނަކާއި އަށް ފިރިހެނުންނާއެކު ޖުމްލަ 9 މީހުން ހައްޔަރުކޮށްފިއެވެ.

މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ

  • އަލްހާން ރަޝީދު ޙުސައިން (49އ)، މ. ޖަވާހިރުވާދީ، މާލެ
  • މަރްޔަމް ރިފާއު (25އ)، ޏ. ފުވައްމުލައް / ދިގުވާނޑު، ހޮލެންޑް
  • އަބްދުލް މުހްސިން ހަސަން (65އ)، ރ. އިނގުރައިދޫ، ވަފާ
  • ކުމަރެސަން ޗިންނައިއަ (20އ)، އިންޑިއާ
  • ދިނޭޝް ސައްމިޔައްޕަން (29އ)، އިންޑިއާ
  • އެލަވެންޑަން ސިވަގުނަނަ ސަންޑަރަމް (39އ)،ސްރީލަންކާ
  • ކަނަގަރާޖު ޕޮންނައްޔަ ސުޕައްޔަ (46އ) ސްރީލަންކާ،
  • މުހައްމަދު މައްސޫދު، (46އ) ބަނގުލަދޭޝް
  • ސަބެޝަން ނަހާރަޖަ، (31އ) ސްރީލަންކާ

ފުލުހުން މިއަދު ބުނީ، ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ ހޮނިހިރު ދުވަހު ބ. މާރިކިލުގައި މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގައިފައިވާ ކަމަށެވެ.

މި އޮޕަރޭޝަނުގައި މާރިކިލުން މި ނުވަ މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު 162 ދަޅު ބަނގުރާއާއި ފަސް ފުޅި ބަނގުރާ އަދި މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާކަމަށާއި ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 12.8 ގުރާމް ހުރިކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ނުވަ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަބްދުލް މުހްސިން ހަސަން ކޯޓުން ޝަރުތުކުރުމަށްފަހު ދޫކޮށްލާފައިވާއިރު ދެންތިބި އަށް މީހުން ވެސް 15 ދުވަހަށް ބަނދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.