English Edition
Dhivehi Edition

ސިފަ ބަދަލުކޮށް، އަންހެން ހެދުން އަޅައިގެން ވައްކަން ކުރަން އުޅުނު ދެމީހަކު، ފުލުހުން ހައްޔަރުކޮށްފިއެވެ.

މިމައްސަލައާއި ގުޅިގެން ފުލުހުން ބުނީ، މާލޭ މާވެޔޮމަގު ކަންމަތީ އުޅުނު ދެ ފިރިހެނަކު ސިފަ ބަދަލުކޮށްގެން ވައްކަން ކުރަން އުޅުމުގެ ތުހުމަތުގައި ރޭ 02:29 ހާއިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާކަމަށެވެ.

އެއީ ނ.މިލަދޫ، ސޯސަންގޭ، މުހައްމަދު ނައުޝާދު އަދި ގދ. ވާދޫ، ލިލީގޭ މުހައްމަދު ސޮބާޙްއެވެ. އެމީހުން ފުލުހުުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު ތިބީ އަންހެން ހެދުން އަޅައިގެން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ހައްޔަރުކުރި މި ދެމީހުން ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ ދެމީހުންނަށްވެސް 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައެވެ.

ފުލުހުން ވިދާޅުވީ މިމައްސަލަ އިތުރަށް ތަހުޤީޤު ކުރަމުންދާ ކަމަށެވެ.