English Edition
Dhivehi Edition

ވައްކަމުގެ މައްސަލައަކާއި ގުޅިގެން މީހަކު ހޯދުމަށް ފުލުހުން އާންމުގެ އެހީތެރިކަމަށް އެދިއްޖެއެވެ.

އެމީހާގެ ވީޑިއޯ އާއި އެކު ފުލުހުން އާންމުކޮށްފައިވާ ވީޑިއޯގައި ބުނީ އެ މީހާއަކީ ދަބަހެއް ވަގަށް ނަގާފައިވާ މައްސަލައަކާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ މީހެއްކަމަށެވެ.

އެހެންކަމުން އެމީހާއާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު(އިންސިޓެންޑް ނަންބަރަކީ 482928) ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރުމަށް ފުލުހުންވަނީ އެދިފައެވެ.