މަކަރާއި ހީލަތުގެ މައްސަލަތަކުން ރައްކާތެރިކުރުވުމަށް ވިލިމާލޭގެ ވިޔަފާރިވެރިންނާ ބައްދަލުކޮށް މައުލޫމާތުދިނުމުގެ ޕްރޮގްރާމެއް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ކުރިއަށް ގެންގޮސްފިއެވެ.
ފެބުރުވަރީ މަހުގެ 10 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި، މަކަރާއި ހީލަތުގެ މައްސަލަތަކުން ރައްކާތެރިވުމަށް ވިޔަފާރިވެރިން ހާއްސަ ސަމާލުކަންދޭންވީ ކަންކަމުގެ މައުލޫމާތުދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. މީގެއިތުރުން މުދާގަނެ އޮންލައިންކޮށް ފައިސާ ދައްކައި، ސުލިޕް ފޮނުވުމުން ހާއްސަ ސަމާލުކަންދޭންޖޭ ކަންކަމާއި އެކައުންޓަށް ފައިސާ ޖަމާވުމުން ނޫނީ މުދާ ދޫނުކުރުމަށް އިލްތިމާސްކޮށްފައިވާކަމަށާއި ސައްހަ ނޫން ސުލިޕް ދެނެގަންނާނެ ގޮތުގެ މައުލޫމާތު ވެސް ހިއްސާކޮށްފައިވާކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ..
ފުލުހުން ވަނީ، މަކަރާއި ހީލަތުގެ މައްސަލައެއް ދިމާވެއްޖެނަމަ ލަސްނުކޮށް އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމަށް އިލްތިމާސްކޮށްފައެވެ.