English Edition
Dhivehi Edition

އެމެރިކާއިން އިރާނުގެ ނިއުކްލިއާ އެއްބަސްވުމާ މެދު ވަކި ގޮތެއް އަންނަ ހުކުރު ދުވަހު ނިންމާނެ ކަމަށް އެގައުމުން ބުނެފިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސްޓޭޓް ޑިޕާޓްމެންޓުގެ ސްޕޯކްސްޕާސަން ސްޓީވް ގޯލްޑްސްޓެއިން ވިދާޅުވީ، އެމެރިކާގެ ރައީސް ޑޯނަލްޑް ޓްރަމްޕް އާއި ސެކެޓްރީ އޮފް ސްޓޭޓް ރެކްސް ޓިލާސަން އާއި ޑިފެންސް ސެކެޓްރީ ޖިމް މެޓިސް މި މައްސަލައިގައި މި ހަފްތާގައި ވައިޓްހައުސްގައި ބައްދަލު ވުންތަށް ބާއްވާނެއެވެ.

އިރާނާއި ދުނިޔޭގެ ހަބާރަކާއި އެކު ވެވުނު ނިއުކްލިއާ އެއްބަސްވުމުގެ ދަށުން އިރާނާ ދެކޮޅަށް އަޅާފައިވާ ހުރިހާ ފިޔަވަޅެއް އުފުލައެވެ. އަދި މީގެ ބައްދަލުގައި އިރާނުން އެގައުމުގެ ނިއުކްލިއާ ޕްރޮގްރާމު ހުއްޓުމަަކަށް ގެންނަން ވަނީ އެއްބަސް ވެފައެވެ.

ނަމަވެސް އެމެރިކާގެ ރައީސް ވަނީ އިރާނުގެ ނިއުކްލިއާ އެއްބަސް ވުމަކީ އެމެރިކާ ތާރީހުގައި ވެސް ވެވުނު އެންމެ މޮޔަ އެއްބަސް ވުން ކަމަށް ބުނެފައެވެ. އަދި މި އެއްބަސްވުމުން އެމެރިކާ ވަކިވުމާ މެދު ގޮތެއް ނިންމުމަށް ސެނެޓަށް ވަނީ ދޫކޮއްފައެވެ.