ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށި ވިއްކުމުގެ ވިޔަފާރި ކުރާކަމަށް ތުހުމަތު ކުރެވޭ ފަސް ބިދޭސީއަކު އަތުލައިގަނެ، އޭގެތެރެއިން އެކަކު ޑީޕޯޓުކޮށްފައިވާކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން ބުނީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދާކަމަށް ތުހުމަތުކުރެވޭ ބިދޭސީން ހޯދުމަށްޓަކައި، އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަންތަކެއްގެ ދަށުން، ވިއެޓްނާމްގެ 4 އަންހެނުންނާއި އެޖެންޓެއްގެ ގޮތުގައި މަސައްކަތްކުރި 1 ފިރިހެނަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.
އިމިގްރޭޝަނުން ބުނީ މި އެޖެންޓު އަދި މީގެ ތެރެއިން 3 އަންހެނުން ރާއްޖޭގައި އުޅެމުންދިއައީ ވޯކް ވިސާގައިކަމަށެވެ.
އިމިގްރޭޝަނުން ބުނީ މި މައްސަލަތައް އިތުރަށް ތަހުގީގުކުރުމަށްފަހު، މީގެ ތެރެއިން 1 އަންހެނަކު ޑިޕޯޓުކޮށްފައިވާކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ. އަދި ބާކީ ތިބި 4 ބިދޭސީން ޑިޕޯޓުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށެވެ.