English Edition
Dhivehi Edition
ތިނަދޫ

ތިނަދޫ ސިޓީގައި ގާއިމުކޮށްފައިވާ ހައުސިން ޔުނިޓްތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު ސިޓީ ކައުންސިލުން ހުޅުވާލީ ހައުސިން މިނިސްޓްރީގެ ހުއްދަ ނުހޯދާކަމަށް ބުނެ އެ އިއުލާން ބާތިލުކުރުމަށް އަންގައިފިއެވެ.

ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ވިސާލް ސޮއިކުރައްވައި ތިނަދޫ މޭޔަރު ސައުދު އަލީ އަށް ފޮނުއްވި ސިޓީގައި ވަނީ ތިނަދޫގައި އިމާރާތް ކުރަމުންދާ 200 ހައުސިން ޔުނިޓްތަކަކީ އެ މިނިސްޓްރީގެ ދަށުން އިމާރާތްކުރަމުންދާ ޔުނިޓްތަކެއް ކަމަށެވެ. މިޔުނިޓްތައް ދޫކުރުމަށް އިއުލާންކުރުމުގެ ކުރިން ހައުސިން ޔުނިޓްތައް ދެވޭނެ އުސޫލު ފައިނަލް ކުރަންވާނެކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި އެޕްލިކޭޝަންގެ މަރުހަލާ ކުރިޔަށް ގެންދަންވާނީ މިނިސްޓްރީގެ އިރުޝާދުގެ ދަށުން ކަމަށް ވެސް ސިޓީގައި ބަޔާންކޮށްފައިވެއެވެ. ނަމަވެސް އެ ހައުސިން ޔުނިޓްތަކަށް ކުރިމަތިލުމަށް އެދި ކައުންސިލުން އިއުލާންކުރީ މިނިސްޓްރީގެ ހުއްދަ ނެތި ކަމަށް ސިޓީގައިވެއެވެ.

ތިނަދޫ ސިޓީގައި އިމާރަތްކުރަމުންދާ 200 ހައުސިންގ ޔުނިޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ ޖަނަވަރީ 29، 2025 ގައެވެ.