އއ. އުކުޅަހުގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެއެވެ.
ފުލުހުން ބުނީ އުކުޅަހަށް އައިސް އުޅުނު ފަތުރުވެރިއަކު ގެނބިގެން މަރުވި މައްސަލައެއް މިއަދު 17:20 ހާއިރު ރިޕޯޓް ކޮށްފައި ވާކަމަށެވެ.
މި ހާދިސާގައި މަރުވެފައި ވަނީ އުޒުބަކިސްތާނުގެ އުމުރުން 75 އަހަރުގެ ފިރިހަނެއްކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މި މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ބުނެފައިވާއިރު ފަހަކަށް އައިސް މިފަދަ ހާދިސާތައް ހިނގާ މިންވަރު އިތުރުވަމުން އަންކަން ފާޙަގަކޮށްލެވެއެވެ.