English Edition
Dhivehi Edition
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު - ފޮޓޯ: ސަން

ހދ. ހިރިމަރަދޫގެ ރައްޔިތުން ހދ. ހަނިމާދޫއަށް ބަދަލުކުރަން ސަރުކާރުން ނިންމައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހދ. ހިރިމަރަދޫ ރައްޔިތުން އެދިވަޑައިގަތްގޮތަށް، އެރަށު ރައްޔިތުން ހދ. ހަނިމާދޫއަށް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

އަސާސީ ހިދުމަތްތައް ލިބުން ދަތިވެ ހިރިމަރަދޫ ކައުންސިލުން ރަށުގެ މީހުން ހިޖުރަކުރަން ބޭނުންވާ ކަމަށް މީގެ ކުރިން އެ ރަށު ކައުންސިލުން ވެސް ވަނީ ބުނެފައެވެ. އެ ރަށު ރައްޔިތުން އެންމެ ފުރަތަމަ ބަދަލުކޮށް ދިނުމަށް އެދުނީ ކ.ތުލުސްދޫއަށްވެ. އެހެންނަމަވެސް ސަރުކާރުން ނިންމީ ހަނިމާދޫއަށް ބަދަލުކުރުމަށެވެ.

ހިރިމަރަދޫ ރައްޔިތުންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް އެކަން ދެންނެވުމުން، އެ ރަށުގެ ރައްޔިތުން ބޭނުންވާ ގޮތަށް ތުލުސްދޫއަށް ހިޖުރަކުރެވޭނޭކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.