English Edition
Dhivehi Edition
ފޮޓޯ: އުރީދޫ

އުރީދޫ މޯލްޑިވްސް އިން ކުރިއަށް ގެންދިޔަ ކޮންމެ ތިން ދުވަހަކުން ސައިކަލެއް ލިބޭ ހާއްސަ ޕްރޮމޯޝަންގެ އެންމެ އަގުހުރި އިނާމް ކަމުގައިވާ ހޮންޑާ ރެބެލްގެ ނަސީބުވެރިއަކަށް ސ. މީދޫ، އިބްރާހިމް އަފްރާހް ހޮވިއްޖެއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ޕްރޮމޯޝަންގެ ދަށުން ޖުމްލަ 30 ސައިކަލު އުރީދޫ އިން ވަނީ ދޫކޮށްފައެވެ. މި ޕްރޮމޯޝަންގެ އެންމެ އަގުހުރި އިނާމް ހޮންޑާ ރެބެލް ލިބުން އަފްރާހުއަށް ވެސް މިހާރު ސައިކަލު ވަނީ ހަވާލުކޮށްފައެވެ.

https://x.com/OoredooMaldives/status/1882504732616659231

މި ޕްރޮމޯޝަންގައި 26 އެއާ ބްލޭޑާއި 3 ޕީސީ އެކްސް ވަނީ ދީފައެވެ. މި ޕްރޮމޯޝަނަކީ އުރީދޫގެ 5ޖީ ލިބޭ ކެމްޕެއިންގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުޖުތަމައުތަކަށް ހަލުވި ސްޕީޑާއި ލެޓެންސީ ދަށްކޮށް، ކަނެކްޓިވިޓީ އިތުރުކޮށްދޭ އުރީދޫގެ ޒަމާނީ 5ޖީ ޓެކްނޮލޮޖީ ފާހަގަކުރުމުގެ ގޮތުން އުރީދޫ އިން ކުރިއަށް ގެންދިޔަ ޕްރޮމޯޝަނެކެވެ.

 

ޓެގު