English Edition
Dhivehi Edition

އަނިޔާތަކަކާއެކު ހޮސްޕިޓަލަށް ގެންދިޔަ މީހެއްގެ މައްސަލަ ބަލަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ރޭ 23:40 އެހާއިރު އަނިޔާ ލިބިފައިވާ މީހެއް އައިޖީއެމްއެޗްއަށް ގެންގޮސްފައިވާ ކަމުގެ ރިޕޯޓު އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ.

އެ މައްސަލައާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެހެންނަމަވެސް މި މައްސަލައާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ހާމަކޮށްފައި ނުވާއިރު، އަނިޔާ ލިބުނު މީހާގެ ވަނަވަރުވެސް އާންމުކޮށްފައެއް ނުވެއެވެ.