English Edition
Dhivehi Edition

އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް އޭވިއޭޝަން ސެކިއުރިޓީ ޓްރެއިނީން ހޯދަން އިއުލާންކޮށްފި އެވެ.

މި މަގާމަށް 6 މީހަކު ނެގުމަށް ހަމަޖެހިފައިވާއިރު މަގާމަށް އެދި ހުށަހެޅުމުގެ ފުރުސަތު ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހު ހަމަވާނެއެވެ.

މަގާމަށް މީހުން ހޮވުމުގެ ޝަރުތުތައް:

  1. ސާނަވީ އިމްތިޙާނުން 2 މާއްދާއިން ދަށްވެގެން ‘ސީ’ ފާސް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުން “ދިވެހި” މިމާއްދާއިން ދަށްވެގެން ‘ސީ’ ފާސްލިބިފައިވުން. ނުވަތަ
  2. ދިވެހިރާއްޖޭގެ ޤައުމީސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެސަނަދެއް ޙާޞިލްކޮށްފައިވުން. (މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބޭސިކް ޓްރެއިނިން ހަދާފައިވާ ކަމުގެ ލިޔުމެއް ހުށަހެޅުމުން، ލެވެލް 3ގެ ސަނަދެއް ގޮތުގައި ބެލެވޭނެއެވެ.)

މީގެ އިތުރުން ޢުމުރުން 18 އަހަރުފުރި 35 އަހަރު ނުފުރޭ ދިވެހި ރައްޔިތެއްކަމުގައިވުމާއި އިސްކޮޅުގައި ‘5 (ފަސް) ފޫޓް ހުރުމުގެ އިތުރުން މަގާމަށް ކުރިމަތިލާ ފަރާތްތަކުގައި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ މަސްޢޫލިއްޔަތު އަދާކުރެވޭފަދަ ފުރިހަމަ ސިއްޙަތެއްގައި ހުރިކަން ސާބިތުކުރާނެއެވެ.

އެޕްލިކޭޝަން ހުޅުލޭގައި ހުންނަ އޭވީސީގެ ހެޑްކުއާޓަރަށެވެ. އެޕްލިކޭޝަންތައް އީ-މެއިލް career@avsecom.gov.mv މެދުވެރިކޮށް ވެސް ހުށަހެޅޭނެ އެވެ.

އޭވިއޭޝަން ސެކިއުރިޓީ ޓްރެއިނޫންގެ އަސާސީ މުސާރަ އަކީ މަހަކު 5920.00ރ. އެވެ. އަދި ސާވިސް އެލަވަންސަށް މަހަކު 1500.00ރ. ލިބޭނެ އެވެ. މީގެ އިތުރުން އެހެނިހެން އެލަވަންސްގެ ގޮތުގައި ޑިއުޓީ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ކޮއްތު ފައިސާ 60.00ރ. އާއި ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މުސާރައިގެ 35 ޕަސެންޓާއި ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަންގެ އތުރުން ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ވެސް ލިބޭނެ އެވެ.

އޭވީސީން ބުނީ މަގާމުމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު އަދި އިމްތިޙާން އޮންނާނީ، ފެބްރުއަރީ މަހުގެ 9-20 ދެމެދު ކަމަށެވެ.