English Edition
Dhivehi Edition
ރައީސް މުއިއްޒު، އިންޑިއާގެ ބޮޑުވަޒީރު މޯދީ އާއި ބައްދަލުކުރެއްވުން

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން އިންޑިއާގެ ރޯ އެޖެންޓުންގެ އެހީތެރިކަމާ އެކު ވައްޓާލަން ރާއްޖޭގެ އިދިކޮޅު ފަރާތްތަކުން ބޮޑު ރޭވުމެއް ބުނާ ރިޕޯޓު އިންޑިއާގެ އެޖެންޓުންނާ ގުޅޭ ރިޕޯޓް އިންޑިއާ ސަރުކާރުން ދޮގުކޮށްފިއެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ވިދާޅުވީ، އެ ނޫހާއި އެ ރިޕޯޓަރަކީ އިންޑިއާއާ މެދު “މަޖުބޫރު ދެކޮޅުވެރިކަމެއް” އުފައްދަމުން އަންނަ ބައެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. “އަޅުގަނޑު ތިޔަބޭފުޅުންނަށް ދޫކޮށްލަނީ، އެބޭފުޅުންގެ އިތުބާރު ބެއްލެވުމަށް. އަޅުގަނޑުމެންނަށް ބަލާއިރު، އެބޭފުޅުންގެ އަތުގައި އެއްވެސް އެއްޗެއް ނެތް،” ޖައިސްވާލް ވިދާޅުވިއެވެ.

އިންޑިއާގެ ރޯ އެޖެންޓުންގެ އެހީތެރިކަމާ އެކު ރާއްޖޭގެ ވެރިކަން ވައްޓާލަން އުޅުނު: ވޮޝިންޓަން ޕޯސްޓް

ވޮޝިންޓަން ޕޯސްޓުގައި ‘އަ ޕްލޮޓު އިން ޕެރަޑައިސް އެންޑް އިންޑިއާސް ސްޓްރަގްލް ފޯ އިންފުލުއެންސް އިން އޭޝިއާ’، މި ސުރުހީގެ ދަށުން ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ ރައީސް މުހައްމަދު މުއިއްޒު އަޒުލު ކުރަން އިންޑިއާ އިން ރާއްޖޭގެ އިދިކޮޅު ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރި ކަމަށެވެ.