English Edition
Dhivehi Edition
ތިނަދޫ ބަނދަރުމަތި: ފޮޓޯ އަމަން ޒުހައިރު

ގދ. ތިނަދޫ ގައި 10،000 މީހުން ހަމަނުވާތީ އެ ރަށަށް ދިން ސިޓީއެއްގެ ދަރަޖަ އުނިކުރުމަށް އެދި، ހައިކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައިނުގަތުމަށް ނިންމައިފިއެވެ.

މިދިޔަ މަހުގެ 21 ވަނަ ދުވަހު ކުރީގެ އެންވާރަމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ގާނޫނީ ވަކީލު އަހުމަދު ރަގީބު ހުށަހެޅި މައްސަލައާއި ގުޅިގެން ކޯޓުން ބުނީ އެ ކޯޓަށް ދުސްތޫރީ މައްސަލަ ބެލުމަށް ލިބިފައިވާ އިހްތިޞާސަކީ ސުޕްރީމް ކޯޓަށް ބަލައިގަންނަ މައްސަަލަތައް ފިޔަވައި، ގާނޫނެއް ނުވަތަ ގާނުނެއްްގެ ބައެއް، ގާނޫނު އަސާސީއާ ތައާރުޒުވާކަމަށް ބަޔާންކޮށް ހުށަހަޅާ މައްސަަލަތައް ކަމަށެވެ. އެ ކޯޓުން ބުނީ ގާނޫނަކުން ބާރު ލިބިގެން ހަދައިފައިވާ ގަވައިދެއް ނުވަތަ އެ ގަވައިދެއްގެ ބައެއް، ގާނޫނުއަސާސީއާ ނުވަތަ، ގާނޫނަކާ ތައާރުޒުވާކަމަށް ބުނެ ހުށަހަޅާ މައްސަލަތައް ކަމަށެވެ.

އެއެއާއެކު ރާގިބް ހުށަހެޅުއްވި މައްސަލައިގެ ސީޣާއާއި ދައުވާ ބިނާކުރާ ސަބަބުތަކަށް ބަލާއިރު، ސިޓީއެއްގެ ދަރަޖަ ދިނުމަށް އެއިރުގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ނެރުއްވި ގަރާރަކީ، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ މަސްދަރެއް، ނުވަތަ ފާސްކޮށްފައިވާ ގާނޫނަކުން އެކުލަވައިލައިފައިވާ މަސްދަރެއްކަން ރާޣިބަށް ބުނެދެވިފައި ނުވާ ކަމަށް ކޯޓުން ބުންޏެވެ.

އެހެންވެ މި މައްސަލައަކީ ކޯޓަށް ބެލުމުގެ އިހުތިޞާސް ލިބިފައިވާ މައްސަލައެއްކަމަށް ނުބެލެވޭތީ މައްސަލަ ބަލައިނުގަންނަން ނިންމީ ކަމަށް ހައިކޯޓުން ވަނީ ބުނެފައެވެ.