English Edition
Dhivehi Edition

ޕެޓްރޯލާއި ޑީސެލް ތެލުން ނަގާ ޑިއުޓީ ފަސް ޕަސެންޓް ކުޑަ ކުރުމާގުޅިގެން ފެނަކައިން ފޯރުކޮށްދެއްމުންދާ ކަރަންޓްގެ އަގަށް ހެޔޮބަދަލެއް އަންނާނެކަމަށް އެކުންފުނިން ހާމަކޮށްފިއެވެ. ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ޝަރީފް ވިދާޅުވީ ތެލުން ނަގާ ޑިއުޓީ ކުޑަ ކުރުމަށް ޤާނޫނަށް ގެންނެވި އިސްލާހާއެކު އެސްޓީއޯއިން ތެލުގެ އަގު ހެޔޮ ކޮށްފައިވާތީ، ފެނަކައިން ދެމުންދާ ޚިދުމަތުން ނަގަމުންދިޔަ ފިޔުލްސަރޗާޖް އެއްކޮށް އުނިވެގެންދާނެ ކަމަށެވެ. އަދި މި ހެޔޮބަދަލު ކަރަންޓްބިލަށް އަންނާނެކަމަށް ޝަރީފް ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ ކަރަންޓްގެ އަގަށް ހެޔޮ ބަދަލެއް ގެންނެވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަމަށެވެ. އަދި މި މަސައްކަތުގެ ދަށުން ތެލުން ނަގާ ޑިއުޓީ ކުޑަ ކުރުމަށް ޤާނޫނަށް ގެންނެވި އިސްލާހާއެކު އެސްޓީއޯއިން ތެލުގެ އަގު ހެޔޮ ކޮށްފައިވާތީ، އޭގެ މަންފާ ރައްޔިތުންނަށްވެސް ލިބިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ. ފެނަކަ ކޯޕަރޭޝަނުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަސަތޭކަ ފަސާސް ތިން އިންޖީނުގެ މެދުވެރިކޮށް ރައްޔިތުންނަށް ޙިދުމަތް ދެމުންދާއިރު ކަރަންޓް ބިލް ބޮޑުވުމުގެ މައްސަލައާމެދު ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރެއެވެ.