English Edition
Dhivehi Edition
މައި މަރުކަޒުގައި އާބަންކޯގެ ނަން އެޗްޑީސީގެ ނަމަށް ބަދަލުކޮށްފައި

ބިންވެރިޔާ ސްކީމާ ގުޅިގެން ދޫކުރި ގޯތިތަކުގެ މައްސަލައިގައި ތުހުމަތުކުރެވިގެން ޕާސްޕޯޓު ހިފެހެއްޓި މީހުންގެ ތެރެއިން ނުވަ މީހެއްގެ ޕާސްޕޯޓު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މި މައްސަލައާއި ގުޅިގެން ޖުމްލަ 24 މީހެއްގެ ޕާސްޕޯޓު ހިފަހައްޓާފައިވާއިރު ފުލުހުން މިއަދު ބުނީ އެ މައްސަލައާ ގުޅިގެން ރާއްޖެއިން ބޭރަށް ފުރުން މަނާކުރި މީހުންގެ ތެރެއިން ނުވަ މީހެއްގެ މައްޗަށް ނެރެފައިވާ އަމުރު ބާތިލުކުރަން ނިންމާފައިވާ ކަމަށެވެ. އެކަމަކު، ޕާސްޕޯޓު ދޫކޮށްލި މީހުންގެ ތަފުސީލެއް ހާމަކޮށްފައެއް ނުވެއެވެ.

އިތުރަށް ފުލުހުން ބުނީ މި މައްސަލައިގެ ތުހުމަތުގައި ޕާސްޕޯޓު ހިފެހެއްޓި، ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދާއި އޭނާގެ ބޭބެ މުހައްމަދު ފަޒީލް ރަޝީދުގެ ޕާސްޕޯޓު ދޫކޮށްލާފައިނުވާ ކަމަށެވެ.

ޝަރުތުހަމަނުވާ ބަޔަކަށް ގޯތިދިން މައްސަލައާ ގުޅިގެން ފުލުހުން ޖިނާއީ ތަހުގީގެއް ފަށާފައިވާއިރު މި މައްސަލަ ތަހުގީގުކުރަމުން އަންނަނީ ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގުޅިގެންނެވެ.