English Edition
Dhivehi Edition
ޒަކިއްޔާ މޫސާގެ ދަރިފުޅު ފޮޓޯ: ޕޮލިސް

ނ. ހޮޅުދޫގައި މަރުވެފައި އޮއްވާ ފެނުނު އެ ރަށު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައާ ގުޅިގެން ހިންގި މާރާމާރީއަކާއި ގުޅިގެން ޒަކިއްޔާގެ ދޮށީ ފިރިހެން ދަރިފުޅު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ނ.ހޮޅަދޫ ނިއުލައިފް މޫސާ ރިމްޒީ (30އ)އެވެ.

ފުލުހުން ބުނީ ނ.ހޮޅުދޫގައި މި މަހުގެ 19 ވަނަ ދުވަހުގެ ވަގުތެއްގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިން މާރާމާރީއެއް ހިނގި މައްސަލަ މި މަހުގެ 20 ވަނަ ދުވަހު ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި މަހުގެ 23 ވަނަ ދުވަހު އޭނާ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވާއިރު ހައްޔަރު ކުރަން ނެރެފައިވާ ކޯޓު އަމުރުގައި ބުނެފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރިމްޒީ އަހުމަދު ޝުޖާއު ނަމަކަށް ކިޔާ މީހެއް ގައިގައި ޖަހައި މާރަމާރި ހިންގާފައިވާ ކަމަށެވެ.

އެހެންވެ އޭނާގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ކުރިމަތި ވެދާނެ ކަމަށް ފެންނާތީ އާއި އެ މައްސަލައާ ގުޅިގެން ހެކި ފޮރުވުމަށް މަސައްކަތް ކޮށްފާނެ ކަމަށް ބެލެވޭތީ އޭނާ ހައްޔަރުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ޓެގު