English Edition
Dhivehi Edition
ފޮޓޯ: މިހާރު

ވިސާއެއް ނެތި ރާއްޖޭގައި އުޅެމުން އަންނަ ފްރާންސްގެ އާއިލާއެއް ފުރުވާލުމުގެ ކަންކަން ކުރަމުންދާ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝައްމާން ވަހީދު “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނާ ހިލާފަށް ފްރާންސަށް ނިސްބަތްވާ ހަ މީހުންގެ އާއިލާއެއް ރާއްޖޭގައި ދިރިއުޅެމުންދާ ކަމުގެ މައުލޫމާތު “އިމިގްރޭޝަން ވޮޗް” އަށް މިދިޔަ ޖުލައި 18 ވަނަ ދުވަހު ލިބިފައިވާކަމަށެވެ. އަދި އެ މައްސަލަ އިމިގްރޭޝަނުން ބެލުމަށް ފަހު، މިދިޔަ އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހު އެ މައްސަލައިގައި ހިމެނޭ އިސް ފަރާތް އެ އިދާރާއަށް ހާޒިރުކުރި ކަމަށް ޝައްމާން ވިދާޅުވިއެވެ.

އެ މީހުންގެ ޕާސްޕޯޓްގެ މުއްދަތު ހަމަވެފައިވާތީ އާއިލާ ރާއްޖެ އިން ފުރުވާލުމަށް ބޭނުންވާ ޓްރެވަލް ޑޮކިއުމަންޓު ހޯދުމުގެ މަސައްކަތް ފޮރިން މިނިސްޓްރީ ގުޅިގެން ކުރަމުންދާ ކަމަށް ވެސް ޝައްމާން ވިދާޅުވިއެވެ.

ތ.ވޭމާންޑޫގައި ދިރިއުޅެމުން އަންނަ އެ އާއިލާ އެ ރަށުގައި ދިރިއުޅޭތާ 12 އަހަރުވެފައިވާ އިރު، އެއީ މުސްލިމު އާއިލާއެކެވެ.