English Edition
Dhivehi Edition
ފޮޓޯ: އެޑިއުކޭޝަން މިނިސްޓަރީ

އިސެސްކޯ-މޯލްޑިވްސް ޓްރެއިނިން އޮފް ޓްރެއިނާރސް ވޯކްޝޮޕް އޮން ކްލައިމެޓް ސްމާރޓް އެންޑް ގްރީނިންގ އެޑިޔުކޭޝަން އިން މޯލްޑިވިއަން ސްކޫލްސް ” ގެ ނަމުގައި ހާއްސަ ވޯކްޝޮޕެއް ފަށައިފިއެވެ.

މިއަދު ފެށުނު ހާއްސަ ޓީ.އޯ.ޓީ ގެ މަގުސަދަކީ، ސްކޫލު މާހައުލުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އިތުރުން މުޅި މުޖުތަމައު ތިމާވެއްޓަށް އަހުލުވެރިކުރުވާ، ތިމާވެއްޓާ ގުޅުން ހުރި މައުލޫމާތު ފޯރުކޮށްދީ، ދެމެހެއްޓެނިވި އާދަތައް ކުރިއެރުވުމަށް، ކުރިޔަށް ގެންދާ އުނގަންނައި ދިނުމުގެ ހަރަކާތަކަށް މުދައްރިސުން އަހުލުވެރި ކުރުވުމުގެ އިތުރުން، ތިމާވެއްޓާ ގުޅޭ ތައުލީމު ފޯރުކޮށްދިނުމަށް މުދައްރިސުންގެ ގާބިލުކަން އިތުރުކުރުމެވެ.

މާލެއާއި އަތޮޅުތެރޭގެ ސްކޫލުތަކާއި އެން.އައި.އީ ޝާމިލުވާގޮތަށް 70 ބޭފުޅުން ބައިވެރިވާ މި ޓީއޯޓީ ގެ ސެޝަންތައް ނަންގަވައިދެއްވަނީ އިސެސްކޯގެ އެޑިޔުކޭޝަން ސެކްޓަރގެ ހެޑް ޑރ. ހަދީޖާ އާއި އިސެސްކޯ އެޑިޔުކޭޝަން އެކްސްޕަރޓް ވަގާރސް ނާސިރު އަފްރިދީ، އެމްއެންޔޫ ގެ ކޮލެޖް އޮފް ފިޝަރީޒް އެންޑް އޯޝަން ސައިންސް ގެ ޑީން ޑރ. އަހުމަދު ރިޔާޒު ޖައުހަރީ އާއި، ސޮނެވާ ނަމޫނާގެ ފަރާތުން އަޒުހޫރާ އަހުމަދާއި، ހަދީޖާ ޙާމިދުގެ އިތުރުން އެން.އައި.އީގެ ސީނިއާ ކަރިކިއުލަމް ޑިވޮލޮޕްމެންޓް އެނަރލިސްޓް ގުލްފިޝާން ޝަފީޢު އާއި އާމިނަތު މުހައްމަދެވެ.