English Edition
Dhivehi Edition
ފޮޓޯ: ހަޔަރ އެޑިޔުކޭޝަން

ރާއްޖެ އިން ބޭރުން މަތީ ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުންގެ ދަފްތަރުގައި ދެހާހަށްވުރެ ގިނަ ދަރިވަރުން ވަނީ ރަޖިސްޓަރީވެފައިވާކަމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އިން ބުނެފިއެވެ.

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ ފަރާތުން އެކުލަވާލައިފައިވާ މި ދަފްތަރުގައި، 915 ފިރިހެން ދަރިވަރުންނާއި 1،201 އަންހެން ދަރިވަރުންނާއި އެކު ޖުމްލަ 2،116 ދަރިވަރުން ވަނީ މިހާތަނަށް ރަޖިސްޓްރީވެފައެވެ.

ހަޔަރ އެޑިއުކޭޝަނުން ބުނީ މިފަދަ ދަފްތަރެއް ގާއިމުކުރުމުގެ މަޤްސަދަކީ ބޭރުގެ އެކި ޤައުމުތަކުގައި މަތީ ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނާއި ގުޅޭ މުޙިއްމު ކަންކަން ބެލެހެއްޓުމުގައި ލުއިފަސޭހަކަން ހޯދުމުގެ އިތުރުން ދިވެހި ދަޢުލަތުގެ ފަރާތުން އެ ދަރިވަރުންނަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮއްދިނުމެވެ.