ދަރުމަވަންތަ ހޮސްޕިޓަލާއި ދިމާއިން ބޭރުތޮށި މޫދުގައި އަނިޔާވެފައި އޮތް މީހަކު ފެނިގެން އެމީހާ ނަގައިގެން ގޮސް އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފިއެވެ.
ފުލުހުންގެ މުއައްސަސާއިން ވިދާޅުވީ އެއީ ދިވެހި ފިރިހެނެއް ކަމަށާއި އެ ސަރަހައްދުގައި މިހާރު ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އެމީހާގެ ބޮލަށް އަނިޔާލިބިފައިވާ ކަމަށާއި އެއީ އުޅަނދެއްގައި ޖެހިގެން ލިބުނު އަނިޔާއެއްކަމަށް ބެލެވޭ ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.