English Edition
Dhivehi Edition

އާރލީ ޓަޗް ފުޓްބޯލް (އެޓްފާ) އެކަޑަމީ އިން ހުޅުދޫ މީދޫގެ ކުދިންނަށް ހާއްސަކޮށް ބާއްވާ ކިޑްސް ފުޓްބޯޅަ މުބާރާތް 2024 ފަށައިފިއެވެ.

މި މަހުގެ 2 ވަނަ ދުވަހުން ފެށިގެން މީދޫ ރަސްމީ ދަނޑުގައި ކުރިއަށް ދާ މި މުބާރާތުގައި ޖުމްލަ 3 އުމުރުފުރާއިން ވަނީ ބައިވެރިވެފައެވެ. މިގޮތުން މި މުބާރާތުގައި އަންޑަރ 12،11،9 އަދި 15 އަހަރުގެ އުމުރުފުރާއިން ޖުމްލަ 87 ކުދިން ވަނީ ބައިވެރިވެފައެވެ.

މި މުބާރާތުގެ ކުޅުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ގޮތާއި ގުޅޭ ގޮތުން ހެޑް ކޯޗް އަބްދުއް ސައީދު (ސައިއްޓެ) ބުނީ މި މުބާރާތުގެ ކުޅުން އޮންނާނީ އާދީއްތަ ، ހޯމަ، ބުދަ މި ތިންދުވަހުކަމަށެވެ. އަދި މުބާރާތުގެ ފައިނަލް އާއި ކްލޯސިންގ އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގައި ކަމަށް ސައިއްޓޭ ވަނީ ބުނެފައެވެ.

މީގެ އިތުރުން ސައިއްޓެ ބުނީ މި ޓޯނަމެންޓްގެ ކްލޯސިންގ ވަރަށް ކުލަގަދަކޮށް ކުރިޔަށް ގެންދަން ނިންމާފައިވާ ކަމަށެވެ. މިގޮތުން މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތަށް އެ އެކަޑަމީގެ ޗެއަރ ހީނާ އަހްމަދު ސަލީމް، އަހްމަދު އަޒުމީ (ގްރާސް ރޫޓް ހެޑް ކޯޗް) އަދި އެކަޑަމީ އަށް އެހީތެރިވެދިން ސޮބާ، އަދި ކައުންސިލަރުން ބައިވެރިވާނެކަމަށް ސައިއްޓެވަނީ ބުނެފައެވެ.

މީގެ އިތުރުން ހުޅުމީދޫގެ ކުދިންނަށް ހާއްސަކޮށް ސަރޕްރައިޒިންގ އެންޓަރޓެއިންމެންޓް އިވެންޓް އެއް ކްލޯސިންގ ގައި އޮންނާނެ ކަމަށް ސައިއްޓެ ބުންޏެވެ.

އާރލީ ޓަޗް ފުޓްބޯލް (އެޓްފާ) އެކަޑަމީ އުފައްދާފައިވަނީ 2012 ސެޕްޓެމްބަރ 17 ވަނަ ދުވަހުއެވެ. ސައިއްޓެ ބުނީ މި އެކަޑަމީގެ ބޭނުމަކީ ހުޅުމީދޫ ކުދިންނަށް ފުޓްބޯޅަ ކުޅެން ދަސްކޮށް ދިނުން ކަމަށާއި ޑިސިޕްލިން ކުދިންކޮޅެއް މުޖްތަމައު އަށް ނެެރުމެވެ.