އައްޑޫ ސިޓީގައި ހުންނަ ” މޭރީބްރޯން ” ކުރިމަތިން ޓްރެފިކް ތޮއްޖެހޭ މައްސަލަ ހައްލުކުރުމަށް ވަގުތީ ގޮތުން ވެހިކަލްތައް ޕާކްކުރުމަށް ގާއިމުކޮށްފައިވާ ޕާކިންޒޯނުގައި ގަވާއިދާއި ހިލާފަށް ދާއިމީގޮތެއްގައި ޕާކުކޮށްފައިވާ ވެހިކަލްތައް ނެގުމަށް އައްޑޫ ސިޓީ ކައުންސިލުން އަންގައިފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނީ ހިތަދޫ ޝަމްސުއްދީނު ބޮޑުފަޑިޔާރު ތަކުރުފާނުމަގުގައި ހުންނަ ” މޭރީބްރޯން ” ކުރިމަތީގައި ހަދާފައިވާ ޕާކިން ޒޯނުގައި ގަވައިދާއި ހިލާފަށް ވެހިކަލްތައް ޕާކުކޮށްފައިވާކަމަށެވެ. މިޕާކިންޒޯނުގެ ބޭނުން އާންމު ފަރާތްތަކަށް ނުހިފޭކަމުގެ ޝަކުވާތައް ލިބެމުންދާ ކަން ފާހަގަކޮށް ކައުންސިލުން ވަނީ ދާއިމީކޮށް ޕާކްކުރެވިފައިވާ އުޅަނދުތަކުގެ ރެޖިސްޓްރީ ނަމްބަރުތައް އާންމުކޮށްފައެވެ.
BC1A – P2459 .1
BB1A- P5156 .2
BC2A – P310 .3
BB1A – P4014 .4
BC2A -P1659 .5
6. BC2A – C1968
BB1A – P7968 .7
8. 4005
އައްޑޫ ސިޓީ ކައުންސިލުން ވަނީ މި ވެހިކަލްތައް 30 އޮކްޓޯބަރުން ފެށިގެން 07 (ހަތެއް) ދުވަހުގެ ތެރޭގައި އެތަކެތީގެ ވެރިފަރާތުން ނެގުމަށް އަންގާފައެވެ. އަދި މިމުއްދަތުގެ ތެރޭގައި ނަގާފައިނުވާ ވެހިކަލްތައް މިއިދާރާއިން ނަގާނެކަމަށް ކައުންސިލުން ވަނީ ބުނެފައެވެ. މިގޮތަށް ވެހިކަލްތައް ނެގުމުގައި އެތަކެއްޗަށްލިބޭ އެއްވެސް ގެއްލުމެއްގެ ޒިއްމާ އެއިދާރާއިން ނުނެގޭނެ ކަމަށްވެސް ކައުންސިލުން ވަނީ ބުނެފައެވެ.