English Edition
Dhivehi Edition
ރައީސް ޑރ.މުހައްމަދު މުއިއްޒު ފޮޓޯ: ރައީސް އޮފީސް

ސަރުކާރުގެ އެކި ވުޒާރާތަކުގައި ތިބި 228 ސިޔާސީ މުވައްޒަފުން ވަކި ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިފިއެވެ.

ދައުލަތުގެ ހިންގުމުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ރައީސް މި ގޮތަށް ނިންމަވާ އެކިއެކި ވުޒާރާތަކުން ވަކިކުރާ ފަރާތްތައް ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި ވަކިކުރަން ކަމާބެހޭ ފަރާތްތަކަށް ވަނީ އަންގަވާފައެވެ.

އެގޮތުން ވަކިކުރާ ސިޔާސީ މުވައްޒަފުންގެ ތެރޭގައި ހިމެނެނީ؛

  • ސްޓޭޓް މިނިސްޓަރުން: 7
  • ޑެޕިއުޓީ މިނިސްޓަރުން: 43
  • ސީނިއާ ޕޮލިޓިކަލް ޑައިރެކްޓަރުން: 109
  • ޕޮލިޓިކަލް ޑިރެކްޓަރުން: 69

ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ މި ބަދަލާއެކު ދައުލަތުން ކުރަން ޖެހޭ ހަރަދުން މަހެއްގެ މައްޗަށް 5.714 މިލިއަން ރުފިޔާ ކުޑަވެގެން ދާނެކަމަށެވެ.