English Edition
Dhivehi Edition

ގްރެންފެލް ޓަވަރުގައި ހިނގި އަލިފާނުގެ ހާދިސާގައި ސަލާމަތްވުމަށް ޓަވަރު މަތިން ފުންމާލި މީހަކު މަރުވެފައި އޮތްތަން ފޮޓޯނަގާ ފޭސްބުކަށް ލީމީހަކު 3 މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފިއެވެ. އޮމެގާ މްވައިކަމްބޯ، 43، އަކީ ގްރެންފެލް ވަރަށް ކައިރީގައި ދިރިއުޅޭ މީހެކެވެ. ބުދަ ދުވަހު ހާދިސާ ހިނގި ވަގުތު މަންޒަރު އެންމެ ގާތުން ދުށް މީހުންގެ ތެރޭގައި އޭނާ ހިމެނެއެވެ. އެދުވަހު ބުރަކޮށް މަސައްކަތް ކުރަމުން ދިޔަ އަލިފާން ނިއްވާ މީހުންނަށްވެސް އެނާ ވަނީ ސައި ހަދައިދީ އެމީހުންނަށް އެހީވެދީފައެވެ. ނަމަވެސް އެނާއަށް އެދުވަހު ހުރިހާ ކަމެއްގެ ތެރޭގައި ގޯހެއް ހެދުނެވެ. ބުދަ ދުވަހު ހެނދުނު އެނާ އެ ސަރަހައްދުގައި ހަރަކާތްތެރި ވަނިކޮށް ފްލެޓް ކައިރިން ބޮޑީ ބޭގަކަށް ލާފައި އޮތް މީހަކު ފެނުނެވެ. ބެލެވޭ ގޮތުގައި އެމީހާއަކީ އަލިފާންގަނޑުން ސަލާމަތް ވުމަށް ޓަވަރުގެ މަތިން ފުންމާލި މީހެކެވެ. މްވައިކަމްބޯ ވަނީ އެވަގުތު އެނާގެ އައިޕެޑުން ފޮޓޯ ނަގާ ފޭސްބުކަށް ލާފައެވެ. ފުންމާލި މީހާގެ ވީޑިއޯއާއި، އެމީހާގެ ފުރާނެ ހަށިގަނޑު ލާފައި އޮތް ބޮޑީ ބޭގް ގެ ދެ ފޮޓޯ އަދި އޭގެ ފަހުން މޫނު ފެންނަ ގޮތައް ބޮޑީ ބޭގް ހުޅުވުމަށް ފަހު ފަސް ފޯޓޯ މްވައިކަމްބޯ ނެގިއެވެ. އެނާ ހައްޔަރު ކުރުމާއިއެކު އެނާ ވަނީ އެނާގެ ފޯން އަދި އައިޕެޑް ފުލުހުންނަށް ހުޅުވައިދީފައެވެ. އަދި ވަގުތުން އެ ފޯޓޯތައް ވަނީ ރިމޫވް ކޮށްފައެވެ. އަދި ވެސްޓް މިންސްޓާރ މެޖިސްޓްރޭޓް ކޯޓުގައި އޭނާ ވަނީ އެނާގެ ކުށަށް އިއުތިރާފް ވެފައެވެ. ކޯޓުގެ ފަނޑިޔާރު ޓޮމް ލިޓްލް ވިދާޅުވި ގޮތުގައި މަރުވެފައި އެގޮތަށް އޮންނަ މީހެއްގެ ފޮޓޯ ނަގާ އާންމު ކުރުމަކީ އެނާ މަރުވިމީހާގެ އިންސާނީ ކަރާމާތައް އަރައިގަތުން ކަމަށެވެ. އަދި އެމީހާގެ ފޯޓޯތައް އެގޮތަށް އާންމު ކުރި އިރު އެ މަރުވި މީހާގެ އާއިލާއަށް ވެސް އެމީހާ މަރުވެފައި ވާކަން ޔަގީން ވެފައި ނުވާނެކަމަށެވެ. މްވައިކަމްބޯގެ ވަކީލް މިކަމަށް ޖަވާބުދާރީ ވަމުން ބުނެފައިވަނީ އެނާ އަކީ ކުށުގެ ރެކޯޑެއް ވެސް އޮތްމީހެއް ނޫންކަމަށާއި އެދުވަހު އެނާގެ މްވައިކަމްބޯ އެކަން ކުރީ ލިބުނު ސިހުމެއްގެ ސަބަބުން ކަމަށެވެ. އެނާ އެ ފޮޓޯ ނެގީ ހަށިގަނޑާ ބަޔަކު އަޅާ ނުލާ ބާއްވާފައި އޮތުމުން އެކަން މީހުންގެ ސަމާލުކަމަށް ގެނައުމަށް ކަމަށްވެސް، ވަކީލު ވަނީ ބުނެފައެވެ. އެނާ އެވަގުތު އެތަނަށް ދިޔައީ ފާޑު ކިޔާކަށް ނޫންކަމަށާއި، މިކަން އަލިފާން ނިއްވަން ތިބި މީހުންނަށް އެހީވެ ދިނުމުންވެސް އެނގޭ ކަމަށް އެނާގެ ވަކީލް ފާހަގަ ކުރިއެވެ. މްވައިކަމްބޯ ވަނީ އެނާ އެ ފޮޓޯތައް އާންމު ކުރުމުކީ ކުށެއްކަމަށް އެއްބަސް ވެފައެވެ. އަދި އެކަމާ އެނާ ހިތާމަ ކުރާ ކަމަށާއި އެމީހާގެ އާއިލާގެ ފަރާތުން މާފަށް ވެސް އެދޭކަމަށް މްވައިކަމްބޯ ބުނެފައިވެއެވެ. ހުުކުމް ކަނޑައަޅަމުން ފަނޑިޔާރު ތަންވީރު އިކްރާމް ބުނެފައިވަނީ އެހާދިސާ އަކީ ހަމަ އެކަނި މުޅި ގައުމަށް ލިބުނު ސިހުމެއް ނޫންކަމަށާއި މުޅި ދުނިޔެވެސް އެކަންތައް ގާތުން ބަލަމުން ދިޔަކަމަށެވެ. މީގެ އިތުރަށް، ފަނޑިޔާރު އިކްރާމް ވިދާޅުވީ މިކަމަކީ ކުޑަކަމެއް ނޫންކަަމަށާއި މަރުވެފައިވާ މީހާއަށް ލިބެންޖެހޭ ފުރިހަމަ އިޙްތިރާމް ލިބެން ޖެހޭނެ ކަމުގައެވެ. އަދި އެގަޮތަށް ފޮޓޯ ތައް އާންމު ކުރުމަކީ މަރުވެފައިވާ މިހާގެ ކަރާމާތްތެރިކަން ނަގާލުން ކަމަށްވެސް ވަކީލު ފާހަގަކުރެއްވިއެވެ. މިއާއިއެކު މްވައިކަމްބޯ ވަނީ 3 މަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. އަދި މަރުވެފައިވާ މިހާއަށް 115 ޔުރޯ އަދި އިތުރު ޚަރަދުގެ 85 ޔުރޯވެސް ވަނީ ދައްކަން އެނާގެ މައްޗައް ހުކުމް ކޮއްފައެވެ. މިހާރަކަށް އައިސް ރާއްޖޭގައިވެސް މިފަދަ ކަންކަން ދަނީ އާންމު ވަމުންނެވެ. ސޯޝަލް މީޑިއާގައި ތިމާ ހިތުހުރި ކޮންމެ އެއްޗެއް ލިޔެ ޕޯސްޓް ކުރަމުން ދާއިރު މަޖަލަކަށް ނަމަވެސް ކުރެވޭ ކުޑަކުޑަ ކަމަކުން އެކަމުގެ އަގު ތިމާ ދައްކަން ޖެހުމަކީ ދުރުކަމެއް ނޫނެވެ.

ޓެގު