English Edition
Dhivehi Edition
ގެވެށި އަނިޔާއާއި ދެކޮޅަށް ތައްޔާރުކޮށްފައިވާ ޕޯސްޓަރެއް - ފޮޓޯ: އެމްއެޗްއެލްނިއުސް

ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރާ ހިލާފުވާ މައްސަލަތައް ރާއްޖޭގައި އިތުރުވަމުންދާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ފުލުހުންގެ އޮފީހުން ބުނީ، މިދިޔަ އަހަރުގެ ތެރޭގައި އެކަނިވެސް މިފަދަ 99 މައްސަލައެއް ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި، ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ ދަށުން އަނިޔާ ލިބޭ މީހުންގެ ހިމާޔަތުގައި ކޯޓުން ނެރޭ އަމުރުތަކަށް ބޯނުލަނބާ މައްސަލަތައް އަންނަނީ އިތުރުވަމުންނެވެ. މިދިޔަ އަހަރު ހުށަހެޅުނު 99 މައްސަލައާ ގުޅިގެން 38 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ހައްޔަރުކޮށްފައެވެ. އަދި އޭގެ ތެރެއިން 24 މައްސަލައެއްގައި ދައުވާކުރުމަށް އެދި ޕީޖީ އޮފީހަށް ވަނީ ފޮނުވާފައެވެ.

ރައްކާތެރިކުރުމުގެ އަމުރަކީ އަނިޔާގެ އަމަލެއް ތަކުރާރުވެދާނެ ކަމުގެ ބިރު އޮންނަ ހާލަތްތަކުގައި، އަނިޔާ ލިބޭ މީހާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކޯޓުން ނެރޭ ގާނޫނީ އަމުރެކެވެ. މި އަމުރުގެ ދަށުން އަނިޔާކުރާ ފަރާތުން ވަކި ކަންތައްތަކެއް ކުރުމަށް ނުވަތަ ވަކި މީހަކާ މުއާމަލާތް ކުރުން ފަދަ ކަންކަން މަނާކުރެއެވެ.

މިފަދަ އަމުރުތައް ނެރުމުގެ އެންމެ ބޮޑު މަގުސަދަކީ އަނިޔާގެ ޝިކާރައަކަށްވާ މީހުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ހިމާޔަތްކުރުން ކަމަށް ފުލުހުން ބުންޏެވެ. ރާއްޖޭގައި އަންހެނުންނާއި ކުޑަކުދިންނަށް ކުރާ ގެވެށި އަނިޔާގެ މައްސަލަތައް ގިނަކަން ފާހަގަކުރެވޭއިރު، ގާނޫނީ އަމުރުތަކަށް ހުރިހާ ފަރާތްތަކުން ވެސް އިހުތިރާމްކުރުމަކީ މުޖުތަމައުގެ ސަލާމަތަށް ނުހަނު މުހިންމު ކަމެކެވެ.

ޓެގު