ދިވެހި ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު ފުލުހުންނަށް އަމާޒުކޮށްގެން ހިންގާ އަސާސީ ތަމްރީނު ކޯހުގެ 41 ވަނަ ބުރު، އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގައި ފަށައިފިއެވެ.
މި ކޯސް ފެށުމުގެ ގޮތުން މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެ ކޮލެޖުގެ ޑެޕިއުޓީ ހެޑް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ބަޝީރުއެވެ.
މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން 17 ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޯހުގައި ޖުމްލަ 158 ފުލުހުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ:
48 އަންހެން ފުލުހުން
110 ފިރިހެން ފުލުހުން
މި ކޯހަކީ ފުލުހުންގެ މަސައްކަތަށް ބޭނުންވާ އިލްމީ ގާބިލުކަމާއި، ހުނަރާއި ތަޖުރިބާ އަދި ތަރުބިއްޔަތު އުނގަންނައިދިނުމަށް ކުރިއަށް ގެންދާ ކޯހެކެވެ. ކޯހުގެ މުއްދަތުގައި ފިޒިކަލް ޓްރެއިނިންގ، އޮޕަރޭޝަނަލް ސޭފްޓީ އެންޑް ޓެކްޓިކްސް، އަދި ޤާނޫނާއި ގަވާއިދުތަކުގެ އިތުރުން ފުލުހުންގެ ދާއިރާއާ ގުޅުންހުރި މުހިންމު ބައިތައް ކިޔަވައިދޭނެއެވެ.