English Edition
Dhivehi Edition
އަރުޖުން އާއި ނެހާ ރާއްޖޭގައި--ފޮޓޯ/ޕޭސްބުކް

މިއަހަރު ކުރީކޮޅު އިންޑިއާގައި ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރަން ހިންގި ސޯޝަލް މީޑިއާ ކެމްޕޭނުގައި ދުވަހަކުވެސް ރާއްޖެ ނާންނާނެ ކަމަށް ބުނި އިންޑިއާގެ ޓެލެވިޒަން ތަރި އަދި ޝޯ ހޯސްޓު އަރުޖުން ބިޖްލާނީ އާއި އަންހެނުން ނޭހާ ސްވާމީ ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ އަތުވެއްޖެއެވެ.

މި ދެމަފިރިން ޗުއްޓީ ހޭދަކުރަމުން އަންނަނީ ފަސް ތަރީގެ ރިސޯޓެއް ކަމަށްވާ އެމެރަލްޑް މޯލްޑިވްސް ރިސޯޓު އެންޑް ސްޕާގައެވެ.

އަރުޖުންއޭނަގެ އާއިލާއާ އެކު ނަގާފައިވާ ފޮޓޯތައް ސޯޝަލްމީޑިއާގައި ހިއްސާ ކުރަމުން ބުނެފައި ވަނީ ހުވަފެނީ ދުނިޔެއެއްގައި އުޅެވޭ ކަހަލަ އިހުސާސްތަކެއް ކުރެވޭ ކަމުގައެވެ.

މި އަހަރުގެ ޖެނުއަރީ މަހުގެ 4 ވަނަ ދުވަހު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ލަކްޝަދީޕަށް ކުރެއްވި ދަތުރުފުޅުގައި އެ ސަރަހައްދުގައި ފަތުރުވެރިކަން ކުރިއެރުވުމާ ގުޅޭ ވީޑިއޯއެއް އާންމު ކުރެއްވުމާއި ގުޅިގެން މި ސަރުކާރުގެ އޭރުގެ ތިން ޑެޕިއުޓީ މިނިސްޓަރަކު އިންޑިއާއަށާއި މޯދީއަށް ބަދު ބަސް ވިދާޅުވެ ފުރައްސާރަ ކުރެއްވިއެވެ. އެކަމާ ގުޅިގެން އިންޑިއާގެ ބައެއް މީހުން ވަނީ ރާއްޖޭގެ ބަދަލުގައި ލަކްޝަދީޕަށް ދިއުމަށް ގޮވާލައި ރާއްޖެއާ ދެކޮޅަށް ކެމްޕެއިނެއް ފަށާފައެވެ. މޯދީއަށް ފުރައްސާރަ ކުރި މައްސަލަަ އިތުރަށް ހޫނުވެ، ރާއްޖެ ބޮއިކޮޓް ކުރަން ގޮވާލާ އަޑު އިންޑިއާގައި ގަދަވިއެވެ.

އެ ހަރަކާތުގައި އިންޑިއާގެ ގިނަ އަދަދެއްގެ ތަރިން ބައިވެރިވެފައިވާއިރު އޭގެ ތެރެއިން ގިނަ ތަރިން މިހާރު ރާއްޖެ އަންނަތަން ދަނީ ފެންނަމުންނެވެ.