English Edition
Dhivehi Edition
ފޮޓޯ: ޕޮލިސް އެމްވީ

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި އުމުރުން ދުވަސްވީ މީހަކު ހައްޔަރުކޮށް އޭނާގެ ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ ސ. ހިތަދޫ، ވެހެތާނުގެ، އަބްދުﷲ ސޯދިގު ކަމަށެވެ. ސޯދިގު ހައްޔަރުކޮށްފައިވަނީ މި މަހުގެ 17 ވަނަ ދުވަހުއެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާ ކަމަށެވެ.

މިދިޔަ ހޯމަ ދުވަހުވެސް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި 65 އަހަރުގެ ފިރިހަނަކު ވަނީ ހައްޔަރުކޮށްފައެވެ. އެ ދުވަހު އަތުލައިގެން މަސްތުވާތަކެއްޗަކީ ހެރޮއިން ކަމަށާއި އޭގެ ބަރު ދަނަކީ 349 ގްރާމް ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.

ޓެގު