English Edition
Dhivehi Edition

އައްޑޫސިޓީގައި ހިންގާ ހިޒްލީ އިން ރާއްޖެއަށް ފުރަތަމަ ފަހަރަށް ފުރޯޒަން ކޮކާކޯލާ (ކޯކް) ތައާރަފް ކުރަން ތައްޔާރުވާން ފަށައިފިއެވެ.

ހިޒްލީ އިން ބުނީ އެތަނުން މަސައްކަތްކުރަމުން ގެންދަނީ މިމަހު 15 ގައި ފްރޯޒަން ކޯކު ރާއްޖެއަށް ތައާރަފްކުރާނެ ކަމަށެވެ. އެތަނުން މަސައްކަތްކުރަނީ މިފަދަ ތަފާތު އެއްޗެހި ރާއްޖެއަށް ތައާރަފް ކުރުމަށެވެ. ފުރޯޒަން ކޯކުވެސް އެކަށީގެންވާ ހެޔޮ އަގެއްގައި ވިއްކާނެ ކަމަށް އެތަނުން ބުންޏެވެ.

ހިޒްލީއަކީ ރަހަމީރު ސަބްމެރިން ވިއްކާ ތަނެކެވެ. ހިޒްލީ އިން އާންމުކޮށް ވިއްކަނީ 4 ވައްތަރެއްގެ ސަބްމެރީނެވެ. އެއީ ޗިކަން، ބީފް، ޓޫނާ، ޗިލީ ޗިކަންއެވެ. އޭގޭ އިތުރަށް ޗީޒީ ވެޖާއި، ކްރިސްޕީ ޗިކަން ބާގާވެސް އެތަނުން ވިއްކައެވެ. ޗީޒްވެޖަކީވެސް އަލަށް އަލަށް ރާއްޖެއަށް ތައާރަފްކުރި އެއްޗެއް ކަމަށް އެތަނުން ބުންޏެވެ.

ޗީޒީ ވެޖަކީ ސައިޑް ޑިޝްއެއްގެ ގޮތުގައި ބޭނުންކުރާ އަނގަޔަށް މީރު އެއްޗެކެވެ. ޗިކަން ސަބްމެރީނާއި، ޗިލީ ޗިކަން ސަބްމެރީންގެ ރަހައަކީ އައްޑޫގައި މިހާރު މަޝްހޫރު ރަހައެކެވެ. ހިޒްލީ ފުރަތަމަ ހުޅުވީ މަރަދޫފޭދޫގައެވެ. އެތަން ތަރައްގީވެ ދެވަނަތަނެއް މިހާރުވަނީ ހިތަދޫގައި ހުޅުވައިފައެވެ.