English Edition
Dhivehi Edition
މުހައްމަދު ނަވީން ފޮޓޯ: ޕޮލިސް އެމްވީ

އިމިގްރޭޝަންގެ އޮފިޝަލުންކަަމަށް ބުނެ ބަންގްލަދޭޝްގެ މީހެއްގެ އަތުން ފޭރުނު މައްސަލައަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މި މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ މުހައްމަދަު ނަވީން (44އ) ގ.ބެރުގެއެވެ.

ފުލުހުން ބުނީ ބިދޭސީން ދިރިއުޅޭ ތަނަކަށް އިމިގްރޭޝަންގެ އޮފިސަރުންގެ ނަމުގައި 3 މީހަކު ވަދެ، ބަންގަލަދޭޝް މީހެއްގެ އަތުން މޯބައިލް ފޯނަކާއި 9000 ރުފިފާ ފޭރުނު މައްސަލަ މި މަހުގެ 16 ވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

 

ޓެގު