English Edition
Dhivehi Edition
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ދެކޮޅަށް ތައްޔާރުކޮށްފައިވާ ޕޯސްޓަރެއް - ފޮޓޯ: ރަކޯލްބް ލީގަލް

އަންހެން 2 ދަރިންނަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި، ބައްޕައަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މާލެގައި ބައްޕައަކު އޭނާގެ 2 އަންހެން ދަރިން އަދި ތިމާގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ރޭ ދަންވަރުގެ ވަގުތެއްގައި ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އިތުރަށް ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން 42 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.