English Edition
Dhivehi Edition
އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު - ފޮޓޯ: އޭސީސީ

ދިވެހިރާއްޖޭގައި އިސްލާމްދީނުގެ ނޫރު ދަމަހައްޓާ، އިސްލާމީ ހިދާޔަތު ފެތުރުއްވުމާއި އެކަންކަމުގައި އެހީތެރިވެދެެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަރަށް ބޮޑު އަމާޒެއްކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ދީނީ އިޖްތިމާއީ ޖަމްއިއްޔާތަކުގެ އަހަރީ ބައްދަލުވުން ފެށުމުގެ ގޮތުން މިއަދު ހެނދުނު ބޭއްްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ، މިއަދު ދިވެހިރާއްޖޭގައި ގާއިމްވެފައި މިއޮތް ސަރުކާރަކީ އިސްލާމްދީނުގެ ކަންކަމަށް ހުރުމަތްތެރިކޮށް ހިތާ، ދީނާ ގުޅިންހުރި ކަންކަން ދިވެހިރާއްޖޭގައި ނަގަހައްޓާ ދެމެހެއްޓުމަށް ވަރަށް މުހިއްމު އިސްކަމެެއް ދެއްވާ ސަރުކާރެއްކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، ދިވެހިރާއްޖޭގައި އިސްލާމްދީނުގެ ނޫރު ދަމަހައްޓާ އިސްލާމްދީނުގެ ހިދާޔަތު ފެތުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އެހީތެރިވެދެއްވުމަކީ ރައީސް ޑރ. މުއިއްޒު ވަރަށް އިސްކަން ދެއްވާ ކަމެއްކަމަށާއި، ދީނީ އިޖުތިމާޢީ ޖަމްޢިއްޔާތަކުން ކުރައްވަމުން ގެންދަވާ މަސައްކަތްތައްކަށް ވުޒާރާގެ ފަރާތުން މާލީ ގޮތުންނާއި، އެހެނިގެން ގޮތްގޮތުންވެސް އެހީތެރިކަން ދެއްވާނެކަމަށެވެ.

މިއަދު ފެށި ދީނީ އިޖުތިމާއީ ޖަމްއިއްޔާތަކުގެ އަހަރީ ބައްދަލުވުމަކީ ދީނީ އިޖުތިމާޢީ ކަންކަމުގައި ވުޒާރާއާއި ޖަމްޢިއްޔާތައް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭ ގޮތުން މަޝްވަރާކޮށް ހިޔާލު ބަދަލުކުރުމަށް ބާއްވާ ބައްދަލުވުމެކެވެ.