English Edition
Dhivehi Edition

ނ. ހޮޅުދޫގައި ޒަހަމްތަކަކާ އެކު، މަރުވެފައި އޮއްވައި މިއަދު ފެނުނު އަންހެން މީހާގެ ކަރުގައި ވަޅި އަޅައި ޒަޚަމްކޮށްލާފައިވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ޒަޚަމްތަކަކާއެކު ނިޔާވެފައި އޮއްވާފެނުނީ އެ ރަށު 50 އަހަރުގެ ޒަކިއްޔާ މޫސާއެވެ. އޭނާގެ ފިރިއަކާއި ދެ ފިރިހެން ކުދިން ތިިބިއިރު، ދޮށީ ފިރިހެން ދަރިފުޅު ދިރިއުޅުނީ އޭނާއާއެކުގައެވެ.

ފުލުހުން ބުނިގޮތުގައި ހޮޅުދޫގައި ޒަހަމްތަކަކާ އެކު، އަންހެނަކު އޮތްކަމުގެ ރިޕޯޓު މިއަދު ހެނދުނު 10:10 ގައި ލިބިގެން ފުލުހުން އެޓެންޑްވި އެވެ. އެ މީހާ ހޮޅުދޫ ހެލްތު ސެންޓަރަށް ގެންދިޔަ ނަމަވެސް އޭނާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.

އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ، ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނީ އެ ގޭގެ ކުނި ނަގަން އެ ވަގުތު ވަން މުނިސިޕަލް މުވައްޒަފުންނަށް ކަމަށެވެ. އޭރު ޒަކިއްޔާ އޮތީ ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއް ކައިރިއަށް ވެއްޓިފައި ކަމަށާއި މަސް ކަނޑަން ގެންގުޅޭ ބޮޑު ވަޅިއެއް ކައިރީގައި އޮތްކަމަށް އެމީހާ މައުލޫމާތު ދިނެވެ.

“ޒަކިއްޔާގެ ކަރުގައި ވަރަށް ބޮޑަށް ވަޅި އަޅާފައި ހުރީ،”އެމީހާ ކިޔައިދިނެވެ.

ޒަކިއްޔާގެ ނަފުސާނީ މައްސަލަ ހުންނަ ކަމަށް ރަށުތެރޭގައި ކިޔައި އުޅޭކަމަށާއި އެކަމަކު ފަރުވާ ހޯދާ ކަމެއް ނޫން ކަމެއް ނޭނގޭ ކަމަށް ވެސް އެމީހާ ބުންޏެވެ.

އެނގިފައިވާ ގޮތުގައި ފުލުހުންގެ ފޮރިންސިކް ޓީމެއް ވެސް ހޮޅުދޫގައި މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ.