English Edition
Dhivehi Edition
ފޮޓޯ: އެމްއެންޑީއެފް

ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ)ގެ ގްލޯބަލް މެރިޓައިމް ކްރައިމް ޕްރޮގްރާމުން އެމްއެންޑީއެފް ކޯސްޓްގާޑަށް މެރިޓައިމް ސެކިއުރިޓީ އިކުއިޕްމަންޓް ހަދިޔާކޮށްފިއެވެ.

ޔޫރަޕިއަން ޔޫނިއަން ސާވިސް ފޮ ފޮރިން ޕޮލިސީ އިންސްޓްރޫމަންޓްސް އިން ފަންޑުކޮށްފައިވާ އިކުއިޕްމަންޓް ހަވާލުކުރުމަށް ވިލިމާލޭގައި ހުންނަ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓާ (އެމްއާރުސީސީ) ގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.

ޔޫއެންއޯޑީސީގެ ފަރާތުން އިކުއިޕްމަންޓް ހަވާލުކޮށްދެއްވީ ޔޫއެންއޯޑީސީގެ ހެޑް އޮފް އޮފީސް އޮފް މޯލްޑިވްސް، އެންރީކޯ ބޮނަސެންޏާއެވެ. އެމްއެންޑީއެފް ކޯސްޓްގާޑުގެ ފަރާތުން އިކުއިޕްމަންޓާ ހަވާލުވެވަޑައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމަޑާންޓް، ބްރިގޭޑިއާ ޖެނެރަލް މުހައްމަދު ސަލީމެވެ.

އެމްއެންޑީއެފް އިން ބުނީ، ހަދިޔާ ކުރި އިކުއިޕްމަންޓާއެކު، ދިވެހިރާއްޖޭގެ ހާއްސަ އިގްތިސޯދީ ކަނޑުގެ ސަރަހައްދުގައި ހިނގާ މެރިޓައިމް ޓެރަރިޒަމް އާ ދެކޮޅަށް ކުރާ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމަށް މަގުފަހިވެގެން ދާނެ ކަމަށެވެ.