English Edition
Dhivehi Edition
ފޮޓޯ: ސޯޝަލް މީޑިއާ

ހެދިކާއެއް ކަނިކޮށް، އޭގެތެރޭ އޮތް ފުޅިތޮށިގަނޑުން ކުޑަކުއްޖަކު ޒަހަމްވެއްޖެއެވެ.

އިއްޔެ ގދ.ތިނަދޫގައި ހިނގި މި ހާދިސާގެ ތަފްސީލު ހަމަކުރަމުން މިކަން ދިމާވި ކުއްޖާގެ އާއިލާއިން ބުނީ މި ހެދިކާ ގަނެފައިވަނީ އެ ރަށު ވަރަށް ގިނަ މީހުން ހެދިކާ ގަންނަ މިހާރައަކުން ކަމަށެވެ. އަދި އެ އާއިލާއިން ގަނެފައިވާ ހެދިކާއެއް ކަނިކޮށް އޭގެ ތެރޭގައި އޮތް ފުޅިތޮށިގަނޑަކުން އަނގައިގެ އެތެރެ ކަފައިގެން ގޮސްފައިވާކަމަށް އެ މީހާ ވަނީ ބުނެފައެވެ.

https://www.facebook.com/photo?fbid=2217186501996418&set=pcb.2217186608663074

މި ހާދިސާގެ ފޮޓޯ އާއި އެކު ހިއްސާކުރި ފަރާތުން ވަނީ މި ކަމާއި ކަންބޮޑުވުން ފާޅުކޮށް ކަމާއި ގުޅުން ހުރި އިދާރާތަކުގެ ސަމާލުކަމަށް މި މައްސަލަ ގެނެސްފައެވެ.