English Edition
Dhivehi Edition

މާލޭސިޓީ ކައުންސިލަށް އަލަށް އިންތިޚާބުވި ކައުންސިލު މެންބަރުން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު “މީރުމާ” މާލަމްގައެވެ. މި ރަސްމިއްޔާތުގައި ވަޒީރު އާދަމް ޝަރީފު ޢުމަރާއި، އެލްޖީއޭގެ ސީ.އީ.އޯއާއި، މާލޭސިޓީގެ މޭޔަރއާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، މާލޭސިޓީގެ މެންބަރުންނާއި އަދި ބޭރުގެ ބައެއް އެމްބެސެޑަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ހުވާކުރެއްވީ، މާލޭސިޓީ ކައުންސިލުގެ ހުސްވެފައިވާ ދާއިރާތަކަށް މެންބަރުން އިންތިޚާބުކުރުމަށް ބޭއްވި ބައި އިލެކްޝަންގައި ހެންވޭރު ހުޅަނގު ދާއިރާއާއި، މައްޗަންގޮޅި މެދު ދާއިރާއާއި އަދި ހުޅުމާލެ ދާއިރާއަށް އިންތިޚާބުވި ކައުންސިލަރުންނެވެ.

ހެނވޭރު ހުޅަނގު ދާއިރާގެ ކައުންސިލަރު ކަމަށް އިންތިޚާބުވެ ވަޑައިގެންނެވީ ފާތިމަތު ޝައުފާ ސަލީމް އެވެ. މައްޗަންގޮޅި މެދު ދާއިރާއަށް އިންތިޚާބުވެ ވަޑައިގެންނެވީ ފާޠިމަތު އިންޝާ ޢަލީއެވެ. ހުޅުމާލެ ކައުންސިލަރު ކަމަށް އިންތިޚާބު ވެވަޑައިގެންނެވީ ޢަލީ އައިމަންއެވެ.

ކައުންސިލަރުން ހުވާކުރެއްވުމަށް ފަހު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އާދަމް ޝަރީފު ޢުމަރު ވަނީ ހުވާކުރެއްވި ތިން މެންބަރުންނަށް މަރުޙަބާ ވިދާޅުވެފައެވެ.