English Edition
Dhivehi Edition
ކަދުރު ރުއް ތަކެއް/ފޮޓޯ އިންޓަނެޓް

މާލެ ސިޓީ ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނޭ “1 ލައްކަ ގަސް” އިންދުމުގެ ޕްރޮގްރާމްގެ ދަށުން މޭވާ އަޅާ 500 ގަސް ހޯދަން ބޭނުންވެގެން އިޢުލާން ކޮށްފިއެވެ. މޭވާ އަޅާގަސްތަކުގެ ތެރޭގައި 180 ކަދުރު ރުއް ހިމަނާފައިވެއެވެ. މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފައެވެ. މަސައްކަތާއި ގުޅޭ މަޢުލޫމާތު ސާފުކުރުން އޮންނާނީ ފެބްރުއަރީ 23 ވާ ބުދަދުވަހުއެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފުކުރުމަށް ފަހު،މިހިނގާ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ސިޓީ ކައުންސިލްގެ ޕްރޮކިއުމަންޓް ސެކްޝަނަށް އަގު ހުށަހެޅުމަށް އިއުލާނުގައިވެ އެވެ. މާލެސިޓީ ކައުންސިލުން ބުނީ އަގުތައް ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމަންޓް، އަދި ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތައް އެކަނި ކަމަށެވެ.

މާލޭ ސިޓީ ކައުންސިލުންވަނީ މުޅި އަހަރަށް ބަހާލައިގެން މާލޭގެ މަގުތަކާއި ޕާކް ސަރަޙައްދުތަކުގައި މޭވާއަޅާ އެއްލައްކަ ގަސް އިންދަން ރާވާފައެވެ. މި ޕްރޮގްރާމްގެ ދަށުން މިހާރު މާލޭގައި އިންދާފައި ހުރި ގަސްތަކުގެ ތެރެއިން ނުހެދި ހުރި ގަސްތައް ވެސް ނަގާ އޭގެ ބަދަލުގައި އާގަސް އިންދަން ހަމަޖެހިފައިވެއެވެ.