English Edition
Dhivehi Edition

ވޭތުވެދިޔަ 15 އަހަރު ތެރޭ ޕާކިސްތާނަށް 33 ބިލިއަން ޑޮލަަރުގެ އެހީ އެއްވެސް ފައިދާ އެއް ނެތް ގޮތުގައި ‘މޮޔަވެގެން’ ދީފައިވާ ކަމަށާއި އެކަމަށް ހުއްޓުވުމެއް ގެންނަން އެމެރިކާގެ ރައީސް ވައުދު ވެވަޑައިގެންފިއެވެ.

އެމެރިކާގެ ރައީސް ޑޯނަލްޑް ޓްރަމްޕް މިއަހަރު ކުރައްވި އެންމެ ފުރަތަމަ ޓްވީޓުގައި ވިދާޅުވެފައި ވަނީ ޕާކިސްތާނުން އަފްޤާނިސްތާނުގައި އެމެރިކާއިން ހޯދާ ހަނގުރާމަވެރިންނަށް ހިޔާވަހިކަން ފޯރު ކޮއްދޭ ކަމަށާއި، އަދި އެމެރިކާއިން ވޭތުވެދިޔަ 15 އަހަރު 33 ބިލިއަން ޑޯލަރުގެ އެހީ އެގައުމަށް ‘މޮޔަވެގެން’ ދީފައިވާ ކަމަށެވެ. އަދި ޕާކިސްތާނުން އޭގެ ބަދަލުގައި ދީފައިވަނީ އަދާވާތްތެރިކަމާއި ދޮގުތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ

އެނާ މިފަދަ ޓްވީޓެއް ކުރެއްވީ ކޮންކަމަކާ ގުޅިގެން ސީދާ އެނގިފައެއް ނެތެވެ. ނަމަވެސް މީގެ 3 ދުވަސް ކުރިން ނިއުޔޯކް ޓައިމްސް އިން ރިޕޯޓު ކޮއްފައިވާ ގޮތުގައި، ޕާކިސްތާނަށް ދޭން ހަމަޖެހިފައިވާ 255 މިލިއަން ޑޮލަރުގެ އެހީ ހިފެހެއްޓުމުގެ ވިސްނުން އެމެރިކާ ސަރުކާރުން ގެންގުޅޭ ކަމަށް ވަނީ ރިޕޯޓު ކޮއްފައެވެ

ރިޕޯޓުތަށް ބުނާ ގޮތުން ތާލިބާނުންނާ ގުޅުން އޮންނަ ހައްްޤާނީ ނެޓްވޯކް މެންބަރުން ޕާކިސްތާނުގެ ބެލުމުގެ ދަށުގައި ތިބި އިރު އެމީހުންނާ ބައްދަލު ކުރަން އެމެރިކާ އިން އެދިފައިވީ ނަމަވެސް ޕާކިސްތާނުން އެފަދަ ފުރުސަތެއް އަދި ނުދެއެވެ. އެމެރިކާއިން ދެކޭ ގޮތުގައި އެ ހަނގުރާމަވެރިންނަށް ތާލިބާނުގެ އަތްދަށުގައި ތިބި އެމެރިކާގެ ރަޙީނު ކުރެވިފައިވާ ރައްޔިތުންގެ މައުލޫމާތު ލިބިފައިވެއެވެ

ޕާކިސްތާނުގެ ފޮރިން މިނިސްޓާރ ވަނީ މިކަމާ ގުޅިގެން އެމެރިކާގެ ރައީސް އަށް ވަރަށް އަވަހަށް ރައްދު ދެއްވާނެ ކަމަށް ޓްވިޓަރ މެދު ވެރިކޮށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވި ގޮތުގައި ވަރަށް އަވަހަށް ހަޤީގަތާއި ފުލޯކް ވާހަކައިގެ ތަފާތު ދުނިޔެއަށް އަނގައިދޭނެ ކަމަށެވެ

ޕާކިސްތާނުން ބުނާ ގޮތުގައި އެގައުމުން ޓެރަރިސްޓުން ބޭރު ކުރުމަށް ވަރަށް ގަދައަށް މަސައްކަތް ކުރާ ކަމަށެވެ. އެގައުމުން ބުނާ ގޮތުގައި ޓެރަރިސްޓް ހަމަލާ ތަކުގައި 2001 އިން ފެށިގެން އެގައުމުގެ 17000 ރައްޔިތުން މަރުވެފައިވާ ކަމަށެވެ

ޑޯނަލްޑް ޓްރަމްޕްގެ ޓްވީޓާއި އަފްގާނިސްތާނުން އެމެރިކާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވިދާޅުވެފައި އެމެރިކާ ރައީސްގެ މެސެޖުން ހިތްހަމަ ޖެހުމެއް ލިބިއްޖެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ޕާކިސްތާނުގައި ފިލާ ތިބެ އަފްގާނިސްތާނަށް ހަމަލާދޭ ޓެރަރިސްޓުންގެ ފުށުން އަވަހަށް ރައްޔިތުން ސަލާމަތް ވާނެ ކަމުގެ އުންމީދު ލިބިއްޖެ ކަމަށެވެ