ކަރަންޓު ބޭނުން ކުރާ މިންވަރަށް މާބޮޑު ބަދަލުތަކެއް ނާންނައިރު، މަހުން މަހަށް ކަރަންޓު ބިލު ބޮޑުވަމުންދާ ކަމުގެ ޝަކުވާ މިވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ކަމާބެހޭ ފަރާތްތަކުން ބުނަމުން ދަނީ ކަރަންޓު ބިލުބޮޑުވަނީ މޫސުމަށް އަންނަ ބަދަލު ތަކާއިއެކު މާބޮޑަށް ހޫނުވާތީ އާއި އަދިވެސް އެހެނިހެން ކަންކަން ކަމަށެވެ. މިކަހަލަ އެތައް ކަމެއް އޮތް ކަމަށް ބުނެ ކްމާބެހޭ ފަރާތުން ދަނީ ރައްޔިތުން ކުށްވެރިވާ ކަހަލަ ވާހަކަތައް ހިއްސާކުރަމުން ނެވެ. ކޮންމެއަކަސް ރައްޔިތުމީހާގެ ޖީބުން ކަރަންޓް ބިލަށް ކުރާ ޚަރަދު މިދަނީ މަހުން މަހަށް އިތުރުވަމުންނެވެ.
ކަރަންޓު ބިލު ބޮޑުވުމުގެ މައްސަލައަށް ހައްލު ހޯދުމަށް ކުރެވިދާނެ އެންމެ ފަސޭހަ އަދި އެންމެ ރަނގަޅު އެއްކަމަކީ އިއާދަކުރަނިވި ހަކަތައެއް ކަމަށްވާ ސޯލާހަކަތަ ބޭނުން ކުރުމެވެ. ގޭބިސީތަކުގައި އަދި ކުދި ވިޔަފާރި ތަކުގައި ސޯލާ ހަރުކުރުމަކީ ވަރަށް އުނދަގޫ އަދި ޚަރަދު ބޮޑު ކަމަކަށް ވެފައި އޮތް އޮތުން، ‘ބްރައިޓް ވިޝަންއިން’ މިވަނީ ނިމުމަކަށް ގެނެސްފައެވެ.
ބްރައިޓް ވިޝަންއިން ދެމުންގެންދާ ސޯލާ ޚިދުމަތްތަކާބެހޭ ގޮތުން، ބްރައިޓް ވިޝަންގެ ޑައިރެކްޓަރ އޮފް ސޭލްސް،. ޝަފްރާޒު ވަނީ މި ނޫހާއި މައުލޫމާތު ހިއްސާކޮށްފައެވެ،
ސޯލާ ސިސްޓަމް އެޅުވުމުގެ ކުރިން އަޅުގަނޑުމެން އެއިމާރާތެއްގެ ފާއިތުވި 12 މަސްދުވަހު ކަރަންޓު އެވްރެޖްކޮށް ބޭނުންކުރެވިފައިވާޔުނިޓުގެ އަދަދު ބަލައި، ސޯލާއިން އެއަދަދަށް ކަރަންޓު އުފެއްދޭނެހެން އިންސްޓޯލް ކުރަނީ. މިގޮތަށް އިންސްޓޯލް ކުރުމުން،އިންޖީނުގޭގެ ކަރަންޓު ބޭނުން ކުރަން ނުޖެހޭތީ ކަރަންޓު ބިލު ޒީރޯވަނީ.
ގްރިޑް ޓައިޑް ނުވަތަ އިންޖީނުގޭ ކަރަންޓަށް ގުޅާފައި ހުންނަކަހަލަ، ސޯލާ ކަރަންޓް ސިސްޓަމެއް ޖަހާ ކަމަށް ވެއްޖިއްޔާ، އިންޖީނުގެއިން ވަކި ހުއްދަތަކެއް ނަގަން ޖެހޭ. މި ހުއްދަ ހޯދުމަށް ހުށަހަޅާ ފޯމާއެކުކަމާގުޅޭ ޓެކްނިކަލް ލިޔެކިޔުންތައް ވެސް ހުށަހަޅަން ޖެހޭނެ. ފޯމުތަށް ފުރުމާއި، ބޭނުންވާ ހުއްދަތަށް ހޯދުމަށް އަޅުގަނޑުމެންގެ ޓީމުން ކަސްޓަމަރަށް އެހީވެދޭނެ.
ގްރިޑް ޓައިޑް، ނުވަތަ އިންޖީނުގޭ ކަރަންޓަށް ގުޅާފައި ހުންނަ ސޯލާ ކަރަންޓް ސިސްޓަމް ތަކުގައި ބެޓަރީ އަޅުވާކަށް ނުޖެހޭނެ. ސޯލާއިން ކަރަންޓް އުފައްދާ ގަޑިތަކުގައި، ގޭގައި ބޭނުން ކުރާނީ ސޯލާއިން އުފައްދާ ކަރަންޓު. އެނޫން ގަޑިތަކުގައި ބޭނުން ކުރާނީ އިންޖީނުގޭ ކަރަންޓް.
ދުވާލުގެ ގަޑީގައި ސޯލާއިން އުފައްދާ ކަރަންޓުން، ގެއަށް ބޭނުން ކޮށްފައި އިތުރުވާ ބައި އެކްސްޕޯޓް މި ކުރަނީ އިންޖީނުގޭ ގްރިޑަށް.އޭރުން ރޭގަނޑު ބޭނުން ކުރެވޭ އިންޖީނުގޭ ކަރަންޓް ބެލެންސް އެބަ ކުރެވޭ.
އަޅުގަނޑުމެންގެ ސޯލާ ޕެނަލްތަކަށް 30 އަހަރުގެ ލީނިޔާ ޕަވަރ ވޮރަންޓީ، 12 އަހަރުގެ ޕްރޮޑަކްޓް ވޮރޮންޓީ، އަދި އިންވާޓަރ އަށް 5 އަހަރުގެ ވޮރަންޓީއާއި 5 އަހަރުގެ ސާވިސް ވޮރަންޓީ ކޮންމެ ކަސްޓަމަރަކަށް ލިބޭނެ. މި ވޮރަންޓީގެ މުއްދަތުގައި، ދިމާވާ މައްސަލަތައް އިތުރު އަގަކާ ނުލައި އަޅުގަނޑުމެން ހައްލު ކޮށްދޭނަން.
އަޅުގަނޑުމެންގެ ދިރާސާ ތަކުން ދައްކާ ގޮތުގައި ވިޔަފާރިތަކުން 2 އަހަރު ދުވަހު ކަރަންޓު ބިލަށް ކުރާ ޚަރަދުން އަދި ގޭބިސީތަކުން 4 އަހަރު ދުވަހު ކަރަންޓުބިލަށް ކުރާ ޚަރަދުން ސޯލާ ޖަހަން ކުރާ ޚަރަދު ހަމަޖެހޭ. މި ދެންނެވި މުއްދަތަށްފަހު ކަރަންޓް މުޅިން ހިލޭ ލިބޭނެ.
ބޭންކް އޮފް މޯލްޑިވްސްގެ ގްރީން ލޯނު އަދި އިސްލާމިކް ބޭންކްގެ އުޖާލާފައިނޭންސް ބޭނުން ކޮށްގެންވެސް ބްރައިޓް ވިޝަން އިން ސޯލާ ޖެހޭނެ. އޭގެ އިތުރުން އަޅުގަނޑުމެންގެ އިންސްޓޯލްމެންޓް ޕްލޭން މެދުވެރިކޮށްވެސް ސޯލާ ޖަހާލެވޭނެ.
ކޮންމެ އިމާރާތަކުންވެސް ކަރަންޓު ބޭނުންކުރާ ނިސްބަތް ތަފާތުވުމުން ސޯލާ އިންސްޓޯލް ކުރުމުގެ އަގު އެނގޭނީ ފާއިތުވެދިޔަ 12 މަހުގެ ބިލުގެ އެވްރެޖަށް ބަލައިގެން. އަޅުގަނޑުމެންގެ ޓީމަށް ގުޅާލައިގެން ނޫނީ މެސެޖްކޮށްގެންވެސް އަގު ހޯދޭނެ.
ސޯލާ ޖަހަން ބޭނުންވާނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7725626 އަށް ގުޅުމުން ނޫނީ މެސެޖްކޮށްގެން ބޭނުންވާ ހުރިހާ މައުލޫމާތެއްފޯރުކޮށް ދެވޭނެ.
އަޅުގަނޑު ޤަބޫލު ކުރާ ގޮތުގައި މަހުން މަހަށް ކަރަންޓް ބިލުބޮޑުވަމުންދާ މައްސަލައަށް ހައްލު ހޯދޭނެ. އެ ހައްލަކީ ސޯލާއިން ގެއަށް ބޭނުންވާ ކަރަންޓް އުފެއްދުން. އަޅުގަނޑުމެން ފޯރުކޮށް މިދެނީ މައްސަލައިގެ ހައްލު.
ކަރަންޓުބިލް ކުޑަކޮށްލުމަށް އޮތް އެންމެ އެކަށީގެންވާ ހައްލުގެ މައުލޫމާތު ހިއްސާ ކުރަމުން ޝަފްރާޒު ބުނަނީ، މިއީ ފުރާޅުން ސީދާ ޖީބަށް ފައިސާލެވޭނެ ގޮތް ކަމަށާއި ލަސްނުކޮށް ސޯލާޖެހުމަކީ އެންމެ ބުއްދިވެެރިގޮތް ކަމަށެވެ.
ބްރައިޓް ވިޝަން އަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ސޯލާ ޚިދުމަތް ދެމުން އަންނަ ކުންފުންޏެކެވެ. ބްރައިޓް ވިޝަންއިން، ހއ. އިން ފަށައިގެން އައްޑު އަތޮޅާ ހިސާބަށް ޚިދުމަތް ދެމުން ގެންދާތާ މިހާރު ދެއަހަރު ވާން ކައިރިވިއިރު، މި ވަނީ 180 އަށްވުރެ ގިނަ ވިޔަފާރިތަކާއި ގޭބިސީތަކުގައި ކާމިޔާބުކަމާއެކު ސޯލާ ހަރުކޮށްދީފައެވެ.
ކަރަންޓް ބިލް ބޮޑުވަމުންދާ މި ދަނޑިވަޅުގައި، ބްރައިޓް ވިޝަންގެ މި ފުރިހަމަ ޚިދުމަތް ހޯއްދަވައިގެން ގޭގައި ސޯލާ ހަރުކުރުމަކީ މުސްތަޤްބަލަށްޓަކައި އެޅޭނެ ވަރަށް މުހިންމު ފިޔަވަޅެކެވެ.