އައްޑޫ މޮޓޯސްޕޯޓްސް އެސޯސިއޭޝަންގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާނ ‘ އެންމެންގެ ޑްރެގް ޗެމްޕިއަންޝިޕް 2024’ ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި މުބާރާތް އިންތިޒާމުކުރާ ފަރާތުން ބުނީ މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީ ހުޅުދޫ މާފިށި މަގު (ހެރެތެރެ މަގު) ގައި ކަމަށެވެ.
އިވެންޓް ކެޓަގަރީތައް ބަހާލެވިފައިވާގޮތް:
ކޮންމެ ކެޓަގަރީއަކުން ޗެމްޕިއަން އަދި ރަނައަޕް ޓީމަށް އަގުހުރި ފައިސާގެ އިނާމު ހުށަހެޅިފައިވާ މު މުބާރާތުގައި މާލެ އަދި ހުވަދޫއިންވެސް ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ،
މި މުބާރާތް ސްޕޮންސާކުރުމުގެ ފުރުސަތުވެސް މިހާރު ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަށް އައްޑޫ ސިޓީ ހުޅުދޫ ކައުންސިލުގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނަކަން ފާހަގަކޮށް އިވެންޓް އިންތިޒާމުކުރާ ފަރާތުން ބުނީ ކޮންމެ އަހަރަކުވެސް މި މުބާރާތް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށެވެ.