English Edition
Dhivehi Edition

ރަނާސް މޯލްޑިވްސް އާއި ނަސީރު ސްޕޯޓްސް އެކެޑަމީ (އެންއެސްއޭ) ގުޅިގެން އައްޑޫސިޓީގައި ބާއްވާ “ވައިޕީއޭ އައްޑޫ އިންޓަރނޭޝަނަލް މެރަތަން” ގެ ޖާގައާއި، ބައިވެރިވުގެ މުއްދަތު އިތުރުކޮށްފިއެވެ.

މުބާރާތް ބާއްވާ ރަނާސް މޯލްޑިވްސްގެ ރައީސް ނަސީރު އިސްމާއީލް ވިދާޅުވީ ކުރިން އޮންނާނީ އެންމެގިނަވެގެން 1300 މީހުންނަށް ބައިވެރިވެވޭ ގޮތަށް ކަމަށެވެ. އެހެންނަމަވެސް އެ އަދަދު މިހާރުވަނީ 1500 އަށް އިތުރުކޮށްފައި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ބައިވެރިވުމުގެ މުއްދަތުވެސް މިހާރުވަނީ ޖެނުއަރީ 15 އިތުރު ކޮށްދީފައެވެ.

“އެގޮތަށް ހެދީ މުބާރާތް އެއްފަހަރު ލަސްކުރަން ޖެހުމުން ލިބުނު އެޑުވާންޓޭޖުގެ ބޭނުން ހެޔޮގޮތުގައި ހިފަން. އެހެންވެ ބައިވެރިވާ މީހުންގެ ޖާގައާއި ވަގުތު އިތުރުކޮށްދިނީ. އުންމީދު ކުރަނީ އަދިވެސް ރާއްޖެއިންނާއި ރާއްޖެއިން ބޭރުން އިތުރު މީހުން ބައިވެރިވާނެ ކަމަށް،” ނަސީރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މި ދުވުމުގައި މިހާތަނަށް ރާއްޖެއިން ބޭރުގެ 106 މީހުން ބައިވެރިވެފައިވާ ކަމަށެވެ. އަދި ރާއްޖޭގެ މަޝްހޫރު ހުރިހާ ދުވުންތެރިންހެން ބައިވެރިވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.