English Edition
Dhivehi Edition
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް

އައްޑޫ ސިޓީގައި ޑެންގޫ ހުމާއި، ލޮލުރޯގާ އާއި ވައިރަލް ހުން ފެތުރެމުންދާތީ ސަމާލުވުމަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން އިލްތިމާޒުކޮށްފިއެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ވަނީ އައްޑޫ ސިޓީއިން މި ބަލިތަކަށް ޕޮޒިޓިވްވެފައިވާ މީހުން ފެންނަމުންދާތީ ސިޓީގައި ދިރިއުޅޭ ރައްޔިތުންގެ ސަމާލުކަމަށް މިކަން ގެނެސް އެކަމާގުޅިގެން ރައްކާތެރިވެ ތިއްބުމަށް އިލްތިމާޒުކުރާ ކަމަށެވެ. މި ގޮތުން ބަލިން ރައްކާތެރިވުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް އެ ހޮސްޕިޓަލުން ވަނީ އެދިފައެވެ.

މި ގޮތުން ޑެންގޫ ހުމުގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ވީހާވެސް އަވަހަކަށް ޑޮކުޓަރަށް ދައްކާ ފަރުވާ ހޯދުމަށް ހޮސްޕިޓަލުން ވަނީ އެދިފައެވެ، އަދި ޑެންގޫއިން ރައްކާތެރިވުމަށްޓަކައި ވީހާވެސް ބޮޑަށް ހަށިގަނޑު ނިވާވާގޮތަށް ހެދުން އެޅުމަށާއި، ގެ އާއި ގޯތި ތެރޭގައި މަދިރިއާލާ ވާފަދަ ތަންތަން ނައްތާލުމާއިމަދިރިން ރައްކާތެރިވުމަށް ބޭނުން ކުރާ ޒާތުގެ ލޯޝަން ބޭނުން ކުރަންވަނީ އިލްތިމާޒުކޮށްފައެވެ.

މީގެ އިތުރުން ލޮލުރޯގާ ގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ޑޮކުޓަރަށް ދައްކާ ފަރުވާ ހޯދުމަށް އިލްތިމާޒުކޮށްފައިވާއިރު ބޭރަށް ނުކުމެ އުޅުމާއި ގިނަ މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން ވީހާވެސް މަދުކުރުމާއި، ބޭރުން ގެއަށް އައިސް ރަނގަޅަށް އަތްދޮވުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.

އައްޑޫ ސިޓީގައި މި ދުވަސްވަރު ވައިރަލް ހުންވެސް ފެތުރެމުން އަންނައިރު ހުން އައިސް ކެއްސާ ކިނބިހި އަޅާނަމަ ފްލޫ ކްލިނިކަށް ދެއްކުމަށް ހޮސްޕިޓަލުން ވަނީ އެދިފައެވެ. އަދި ބޭރަށް ނުކުމެ އުޅުމާއި ގިނަ މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން ވީހާވެސް މަދުކުރުމަށާއި، ބޭރުން ގެއަށް އައިސް ރަނގަޅަށް އަތްދޮވުމަށާއި، ކިނބިހަ އަޅާނަމަ އަނގަޔާއި ނޭފަތް ޓިޝޫފަދަ އެއްޗަކުން ނިވާކުރުމަށް ހޮސްޕިޓަލުން ވަނީ އިލްތިމާޒުކޮށްފައެވެ.